ނާދީގެ ބުނެދޭން ނޭނގޭ ކަހަލަ ހިތްހަމަޖެހުން

އިސްރަށްވެހިންގެ ނާދީގެ މެންބަރެއް ކަމުގައިވާ ޚަދީޖާ އަބޫބަކުރު ނާދީއާ ފުރަތަމަ ގުޅުނީ ޢާއިލާގެ ކުއްޖެއްގެ ފަރާތުން ނާދީގެ ޚަބަރު ލިބިގެންނެވެ.

ފުރަތަމަ ފަހަރަށް ނާދީއަށް އަންނަން ފެށި އިރު، އެހާ ގިނަ ރައްޓެހިން ނެތް ނަމަވެސް، ނާދީއަށް ގިނައިން އަންނަން ފެށުމާއެކު، ނާދީގެ މެންބަރުންނާއެކު އުފެދިގެން ދިޔައީ އެއްބަނޑު އެއްބަފާކަމުގެ ގުޅުމެއް ކަމަށް ޚަދީޖާ ސިފަކުރެއެވެ. އަދި މިހާރު ހުރިހާ މެންބަރުންނަކީވެސް ވަރަށް ގާތް ރަޙްމަތްތެރިން ކަމަށް އޭނާ ފާހަގަކުރި އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ޚަދީޖާ އިތުރަށް ބުނީ، ނާދީއިން ވަރަށް ގިނަ އައު ކަންކަން ދަސްވެފައިވާ ކަމަށެވެ. މިގޮތުން ކަސްތަރުކުރުމާއި، ބަންޖާއި ރައިވަރު ކިޔުމާއި، ޤުރުއާން ކްލާހުގެ އިތުރުން، ވޫލް އިން ތަފާތު އެއްޗެހި ހަދަން ދަސްކުރުމާއި، ދިވެހިންގެ އާދަކާދައާ ގުޅިފައިވާ ސަގާފީ އަތްތެރިކަމުގެ މަސައްކަތްތައް ދަސްކުރުމުގެ ފުރުޞަތުވެސް ނާދީއިން ލިބިފައިވާކަން އޭނާ ފާހަގަކުރި އެވެ. އަދި މިފަދަ ހުނަރުތައް ދަސްކުރަން ލިބުމުން ވަރަށް އުފާވާ ކަމަށް އޭނާ ބުންޏެވެ.

ގޭގައި ހުސް ވަގުތު ތިބުމުގެ ބަދަލުގައި ނާދީއާ ގުޅިގެން ހަރަކާތްތެރިވުމަށް ޚަދީޖާ ހުރިހާ އިސްރަށްވެހިންނަށް ގޮވައިލިއެވެ. ޚަދީޖާ ބުނި ގޮތުގައި ނާދީއަށް އައިސް މީހުންނާ ބައްދަލުވުމުން ވަރަށް ބޮޑަށް ހިތްހަމަޖެހި، އުފާވެރިކަން ލިބެއެވެ. ޚާއްސަކޮށް، ހުރިހާ ރަޙްމަތްތެރިން އެއްތަންވެފައި ތިބެނިކޮށް ފެނުނީމާ، ބުނެދޭން ނޭނގޭ ކަހަލަ ހިތްހަމަޖެހުމެއް ލިބޭ ކަމަށް ޚަދީޖާ އުފަލާއެކު ފާހަގަކުރެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.