
ދަނގެތީ ސްކޫލްގެ އައު އިމާރާތް އެޅުމަށް އެފް.ޑީ.ސީ.އާއި ޙަވާލުކޮށްފި
ގަނގެތީ ސްކޫލްގެ ޖާގައިގެ ދަތިކަމުގެ މައްސަލައަށް ހައްލެއް ގެނައުމަށްޓަކައި އަޅާ އައު ސްކޫލް އިމާރާއް އެޅުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އާއި ހަވާލުކޮށްފި އެވެ.
މިމަޝްރޫޢުގައި ސޮއިކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އދ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ދަނގެތީ ގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. ސަރުކާރުގެ ފަރާތުން މި މަޝްރޫޢުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. އިސްމާޢީލް ޝަފީއު އެވެ. އަދި ފަހި ދިރިއުޅުން ކޯޕަރޭޝަން ގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ހަމްދާން ޝަކީލް އެވެ.
މި މަޝްރޫޢުގެ ދަށުން ދަނގެތީގައި އިމާރާތްކުރާ އައު ސްކޫލް އިމާރަތުގައި، މަލްޓިޕަރޕަސް ހޯލަކާއި 10 ކުލާސްރޫމްގެ އިތުރުން އެހެނިހެން ވަސީލަތްތައް ޤާއިމުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.