ހއ.މަޑުލުގެ އިރު އުތުރުން 4 މޭލު ބޭރުގައި މިއަދު ވަދު ކަނދުފަތި ޤާއިމްކޮށްފި

ހއ.މަޑުލުގެ އިރު އުތުރުން 4 މޭލު ބޭރުގައި މިއަދު ވަދު ކަނދުފަތި ގާއިމްކޮށްފި އެވެ.

މި ކަނދުފަތީގެ ނަންބަރަކީ B08V01 އެވެ. މި ކަނދުފަތި އަޅާފައިވާ ލޮކޭޝަނަކީ:

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

00°,07.06’N

72°59.000’E

މި ކަނދުފަތި ޤާއިމްކުރުމުގެ މަޤްޞަދަކީ އެ ސަރަޙައްދުގެ މަސްވެރިކަން އިތުރަށް ކުރިއެރުވުމެވެ.

މި ދޮށީ ކަނދުފަތި ޤާއިމްކުރުމާ ގުޅިގެން އެ ސަރަޙައްދުގެ މަސްވެރިން، ޚާއްޞަކޮށް ޒުވާން މަސްވެރިންނާއި ސްޕޯޓްސް ފިޝިންގްގައި ޝާމިލްވާ ފަރާތްތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައެކެވެ.

ކަނދުފަތި ޤާއިމްކުރުމަކީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއިން އިސްކަމެއް ދީގެން ކުރިއަށް ގެންދާ މަސައްކަތެކެވެ. އަދި ސަރުކާރުން މަސްވެރިކަން ތަރައްޤީކުރުމުގެ ސިޔާސަތުގެ ދަށުން ކުރަމުން ގެންދާ މުހިންމު މަސައްކަތެކެވެ. ކުރިއަށް އޮތް ތަނުގައި އިތުރު ކަނދުފަތި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޤާއިމްކުރުމަށް ވަނީ ނިންމާފަ އެވެ.

ދިވެހިރާއްޖޭގެ ކަނދުފަތީގެ ވިއުގަ އިތުރަށް ފުޅާކޮށް، ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން އައު ފަރުމާއަކަށް ބަދަލުކުރުމުގެ މަޝްރޫޢެއް މި މުޒާރާއިން ވަނީ ފަށާފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.