ހުޅުމީދޫ ވަލުތެރޭގައި ރޯވި އަލިފާން ނިއްވައިލައިފި

އައްޑޫ ސިޓީ ހުޅުމީދޫ އިކޯ ގާޑަން ސަރަހައްދުގެ ވަލުތެރޭގައި ރޯވި އަލިފާން، އެމް.އެން.ޑީ.އެފް ސަދަން އޭރިއާ ކޮމާންޑް ހުޅުމީދޫ ފަޔަރ ސްޓޭޝަނުން ނިއްވައިލައިފި އެވެ.
މި ހާދިސާގެ މަޢުލޫމާތު މިއަދު 14:10 ހާއިރު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑަށް ލިބުމާ އެކު، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހުޅުމީދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތްކޮށްފައެވެ. ފަޔަރފައިޓަރުން ކުރި މަސައްކަތުން އަލިފާންގަނޑު ނިއްވާލެވުނީ މިއަދު 17:30 ހާއިރުއެވެ.
މި ހާދިސާގައި އަލިފާން ނިއްވުމުގެ މަސައްކަތުގައި އުޅުނު އާންމުންގެ މީހަކު ހާލު ދެރަވެގެން، އިތުރު ފަރުވާއަށް އައްޑޫ ސިޓީ ހިތަދޫއަށް ވަނީ ގެންދެވިފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.