މޯލްޑިވްސް ވިމަން އިން ޕޮލިސިންގ ސަމިޓް 2025 ފަށައިފި

ފުލުހުންގެ ޚިދުމަތުގައި އަންހެނުންގެ ލީޑަރޝިޕް އިތުރުކޮށް އަންހެން ފުލުހުންގެ ދައުރު ފާހަގަކޮށް މަޝްވަރާކުރުމާއި އެ ދާއިރާ ކުރިއެރުވުމަށްޓަކައި ބޭއްވޭ މޯލްޑިވްސް ވިމަން އިން ޕޮލިސިންގ ސަމިޓް 2025 މިއަދު ފަށައިފި އެވެ.

ކްރޮސް ރޯޑްސް، މޯލްޑިވްސްގައި ކުރިއަށްގެންދާ މި ސަމިޓް ފައްޓަވައިދެއްވީ ރައިސުލްޖުމްހޫރިއްޔާގެ އަނބިކަބަލުން ސާޖިދާ މުޙައްމަދުއެވެ. މި ރަސްމިއްޔާތުގައި، ދާޚިލީ ސަލާމަތާއި ފަންނިންޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާންއާއި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީންއާއި ދައުވަތު އެރުވިގެން ވަޑައިގެންނެވި އެހެނިހެން އިއްޒަތްތެރިން ބައިވެރިވެލެއްވި އެވެ..

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި ސަމިޓް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އޮކްޓޫބަރު 4 އިން 6 އަށެވެެ. މި ސަމިޓުގައި ފުލުހުންގެ ތެރޭގައި މަސައްކަތްކުރާ އަންހެނުންނާއި، ގާނޫނު ތަންފީޒުކުރުމުގެ ސިޔާސަތުތައް އެކުލަވައިލާ ފަރާތްތަކާއި، އެކަޑެމިކް ދާއިރާގެ ބޭފުޅުންގެ އިތުރުން ބައިނަލްއަގުވާމީ މާހިރުން ބައިވެރިވެ، ގާނޫނު ތަންފީޒުކުރުމުގެ ދާއިރާގައި އަންހެނުންގެ ދައުރާއި، އެ ދާއިރާ ކުރިއެރުވޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރާނެ އެވެ.

މި ސަމިޓުގައި، އަންހެން ފުލުހުންގެ ހިދުމަތް ރަމްޒުކޮށްދޭ ‘’ޗެލެންޖް ކޮއިން“ އިފްތިތާހުކޮށް އަދި ”މޯލްޑިވްސް ވިމެން އިން ޕޮލިސިންގ“ ފޮތް ނެރެފައިވެއެވެ. މި ޗެލެންޖް ކޮއިން އިފްތިތާހު ކޮށްދެއްވީ ރައިސުލްޖުމްހޫރިއްޔާގެ އަނބިކަބަލުން ސާޖިދާ މުޙައްމަދުއެވެ. މޯލްޑިވްސް ވިމެން އިން ޕޮލިސިންގ ފޮތް ނެރެދެއްވީ ދާޚިލީ ސަލާމަތާއި ފަންނިންޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން އެވެ.

މީގެ އިތުރުން، ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި ރާއްޖޭގައި މަސައްކަތްކުރާ މައި 5 އިދާރާގެ މެދުގައި، ލީޑަރޝިޕް ވަރުގަދަކުރުމަށް ޑިކްލަރޭޝަންއެއްގައި ސޮއިކޮށްފައިވެ އެވެ.

މި ސަމިޓުގައި ފުލުހުންގެ ދާއިރާގައި އަންހެނުންނަށް ކުރިމަތިވާ ގޮންޖެހުންތަކާއި ފުރުސަތުތަކާއި، ލީޑަރޝިޕް ތަރައްގީކުރުމަށާއި، ޖިންސުގެ ހަމަހަމަކަމާ އަދި ވަޒީފާގެ ޒިންމާތަކާއި އާއިލީ ޒިންމާތައް އެއްހަމައެއްގައި ބެލެހެއްޓުމަށް ބާރުއަޅައި މަޝްވަރާތައް ކުރިއަށް ގެންދާނެއެވެ. މި ސަމިޓްގައި މައުލޫމާތު ދެއްވަނީ މި ކަމުގެ ތަޖުރިބާކާރު ބޭފުޅުންނެވެ. މީގެ ތެރޭގައި، އެފްބީއައިގެ ފަރާތުން ޝެލީ ކަންނާ، ސަރްދާރް ވައްލަބާއި ޕޮލިސް އެކަޑަމީގެ ފަރާތުން ރާދިކާ ޖީ އަދި ޗައިނާގެ ހާއްސަ ޕްރޮފެސަރ ޝިއައޯޕިންގ ލިއު ހިމެނެއެވެ. މި ބޭފުޅުންގެ ތަޖުރިބާ ވެސް މި ސަމިޓުގެ ބައިވެރިންނާ ހިއްސާކުރައްވާނެ އެވެ.

މި ސަމިޓުގައި ފުލުހުންގެ ޚިދުމަތުގެ އަންހެން މުވައްޒަފުންގެ އިތުރުން ގާނޫނު ތަންފީޒުކުރާ އިދާރާތަކާއި، ޔޫ.އެން.ޑީ.ޕީ، ޔޫ.އެން. ވިމަން، އިންޓަރޕޯލް، އިންޓަރޕާ އަދި ސަރަހައްދީ ބައިވެރިން ކަމަށްވާ އެފް.ބީ.އައި، އޭ.އެފް.ޕީ، ޑީ.އީ.އޭ، މެލޭޝިއާގެ ރޯޔަލް ފުލުހުން، ސިންގަޕޫރު ފުލުހުން، ސްރީލަންކާ ފުލުހުން، އިންޑިއާގެ ސަރުދާރު ވައްލަބާއި ޕަޓޭލް ނެޝަނަލް ޕޮލިސް އެކަޑަމީ، ރޯޔަލް ކެނެޑިއަން މައުންޓެޑް ޕޮލިސް އަދި ބައިނަލްއަގުވާމީ އަންހެން ފުލުހުންގެ ޖަމުއިއްޔާތަކުން ބައިވެރިވެއެވެ.

މީގެ އިތުރުން، ބަންގްލަދޭޝް، ޖަޕާން، ޗައިނާ، އިންޑޮނޭޝިއާ، ޕާކިސްތާން، ސަޢޫދީ ޢަރަބިއްޔާ، ޔުނައިޓެޑް ޢަރަބް އެމިރޭޓްސް، ކެނެޑާ، އޮސްޓްރޭލިއާ، ޔުނައިޓެޑް ސްޓޭޓްސް އަދި ޔުނައިޓެޑް ކިންގްޑަމްގެ ޑިޕްލޮމެޓިކް މިޝަންތަކުގެ ބައިވެރިން ވެސް މި ސަމިޓުގައި ބައިވެރިވެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.