މާފަންނު މަދަރުސާގައި އެމް.އެން.ޑީ.އެފް ޚައްސަ ޙަރަކާތެއް

މާފަންނު މަދަރުސާގެ ”ކޮމިއުނިޓީ ހެލްޕާރސް ޑޭ“ ހަރަކާތުގައި އެމް.އެން.ޑީ.އެފް އެފް.އާރު.އެސް.އިން ސެޝަންތަކެއް ކުރިއަށް ގެންގޮސްފި އެވެ.

މާފަންނު މަދަރުސާގެ ”ކޮމިއުނިޓީ ހެލްޕާރސް ޑޭ“ ހަރަކާތުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ސެޝަންތަކެއް ކުރިއަށް ގެންގޮސްފި އެވެ.
މިއަދު އެ ސްކޫލުގައި ކުރިއަށް ގެންދިޔަ މި ސެޝަންތަކުގައި 136 ދަރިވަރުންނާއި 22 މުދައްރިސުން ބައިވެރިވި އެވެ.
މި ސެޝަންގައި، އަލިފާނުގެ ނުރައްކާތެރި ހާދިސާތަކުގައި ސަލާމަތީގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާ ބެހޭގޮތުން ކުޑަކުދިންނަށް ފަހުމުވާނެހެން ވަނީ މަޢުލޫމާތު ފޯރުކޮށްދީފައެވެ. އަދި އަލިފާން ނިއްވުމަށް ބޭނުންކުރާ ބައެއް އާލާތްތަކާ ބެހޭ މަޢުލޫމާތު ކުދިންނަށް އޮޅުން ފިލުވައިދިނުމުގެ އިތުރުން، މުޖުތަމަޢުގައި ފަޔަރ ފައިޓަރުންގެ ދައުރާ ބެހޭ ގޮތުން ވެސް ދަރިވަރުންނަށް ވަނީ މަޢުލޫމާތު ފޯރުކޮށްދީފަ އެވެ.
މި ސެޝަންގައި ދަރިވަރުންނަށް މަޢުލޫމާތު ފޯރުކޮށްދިނީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރ ފައިޓަރުންނެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.