ޤައުމަށް ހެޔޮއެދޭ ގިނަ ރައްޔިތުން ތިބީ ޑރ. މުޢިއްޒާއެކު: ވަޒީރު އާދަމް ޝަރީފު

ޤައުމަށް ހެޔޮއެދޭ ތަރައްޤީ ފިކުރަށް ލޯބިކުރާ ގިނަ ރައްޔިތުން ތިބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއެކު ކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ އާދަމް ޝަރީފު ޢުމަރު މިހެން ވިދާޅުވީ ޕީއެންސީން ރޭ ބޭޢްވި ހަރުގެ ޖަލްސާއާ ގުޅޭ ގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ހަރުގެ ޖަލްސާގެ ވީޑިޔޯއަކާއެކު މިނިސްޓަރ ކުރެއްވި މި ޕޯސްޓްގައި ވިދާޅުވެފައި ވަނީ ޤައުމަށް ހެޔޮއެދޭ ތަރައްޤީ ފިކުރަށް ލޯބިކުރާ ގިނަ ރައްޔިތުން ތިބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއެކުގައިކަން ޕީއެންސީގެ ޖަލްސާއިން ވަރަށް ސާފުކޮށް އެނގިވަޑައިގެންފި ކަމަށެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

”ކޮރޮޕްޝަނާ، ވައްކަމާ ދެކޮޅަށް ނިކުންނަންވާނީ ފަސްބައި ސާފު، ވައްކަންނުކުރާ، ޚިޔާނާތްތެރިނުވާ މީހުން“ މިނިސްޓަރގެ މެސެޖުގައި ވިދާޅުވެފައިވެ އެވެ.

ރާއްޖޭގެ ރައްޔިތުންނަށް ސާފުކޮށް އެނގިވަޑައިގަންނަވާނެ ފަދައިން ރައީސުލްޖުމްހޫރީއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގެންނެވި އިރު، މި ޤައުމުގެ ދަރަނި އޮތީ މީގެ ކުރިިން އެއްވެސް ސަރުކާރަކުން ނުއުފައްދާ މިންވަރަށް އެމްޑީޕީ ސަރުކާރުން އުފައްދާފައެވެ. ކަންމިހެން އޮތުމުން ތަރައްޤީގެ ބައެއް ކަންތައް ފުރަތަމަ ދޮޅު އަހަަރު މަޑުޖައްސާލައި، ފައިސާ ޗާޕުނުކޮށް އިޤްތިޞާދީ ގޮތުން ޤައުމު ހަމަމަގަށް އަޅުވައި ތަރައްޤީގެ ކަންތައް ބާރު ސްޕީޑްގައި ގެންދިޔުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު ވަނީ ފައްޓަވައިފަ އެވެ.

ބޮޑެތި ޕްރޮޖެކްޓްތައް ހުއްޓުމެއް ނެތި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރު އަންނަނީ ހިނގަމުންނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.