ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ ތަހުނިޔާ އާއި ދެމެހެއްޓެނިވި ތަރައްޤީއަށް މިނިސްޓަރ ގޮވާލައްވައިފި

ދިވެހިރާއްޖޭގެ އެންމެހާ ރައްޔިތުންނަށް، ޚާއްޞަކޮށް ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް، މުޅި ދުނިޔޭގައި މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ ހެޔޮއެދުންތައް މިނިސްޓަރ ޠާރިޤް އިބްރާހީމް

އަރިސްކޮށްފި އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި އަހަރުގެ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ ތީމަކީ ’ފަތުރުވެރިކަމާއި ދެމެހެއްޓެނިވި ބަދަލުތައް‘ (Tourism and Sustainable Transformation) މިކަމެވެ.

މިނިސޓަރ ޠާރިޤު ވިދާޅުވީ މި ތީމުން އަޅުގަނޑުމެންނަށް ހަނދާންކޮށްދެނީ، ފަތުރުވެރިކަމަކީ އިޖުތިމާޢީ-އިޤްތިޞާދީ ކުރިއެރުމާއި ދެމެހެއްޓެނިވި ތަރައްޤީއަށް ވަރަށް މުހިންމު ދައުރެއް އަދާކުރެވޭނެ ކަމެއްކަމަށެވެ.

ރާއްޖޭގެ އިޤްތިޞާދުގައި ފަތުރުވެރިކަމުގެ ދައުރު ބޮޑުކަމުން، މި ދާއިރާއިން ލިބޭ ފައިދާ އެންމެންނަށް އިންސާފުވެރިކަމާއެކު ލިބިގެންދިއުމަކީ ވަރަށް މުހިންމު ކަމެކަކަށްވެސް ވިދާޅުވ ިއެވެ.

ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ ފައިދާ އެންމެންނަށް ލިބިގެންދާނެކަން ކަށަވަރުކުރުމަށާއި، އަޅުގަނޑުމެންގެ ފަތުރުވެރިކަމުގެ ސިނާޢަތަކީ ދެމެހެއްޓެނިވި އަދި ހަރުދަނާ ސިނާޢަތަކަށް ހެދުމަށްޓަކައި އަޅުގަނޑުމެން އެންމެން ގުޅިގެން މަސައްކަތްކުރަންޖެހޭ- މިނިސްޓަރ ޠާރިޤް އިބްރާހީމް

މިކަމަށްޓަކައި ދައުލަތާއި، އަމިއްލަ ކުންފުނިތަކާއި، ރައްޔިތުންގެ ބައިވެރިވުން ވަރަށް ބޮޑަށް ބޭނުންވެއެވެ.

ދެމެހެއްޓެނިވި ގޮތަކަށް ފަތުރުވެރިކަން ކުރިއެރުވުމަކީ ދިވެހިރާއްޖޭގެ އާދަކާދަތަކާއި ތިމާވެށި ހިމާޔަތްކުރުމަށްވެސް މަގުފަހިކޮށްދޭނެ ކަމެކެވެ.

މިއަހަރުގެ ފަތުރުވެރިކަމުގެ ދުވަހު، ރާއްޖޭގެ ގިރާތަކުގެ ރީތިކަމުގެ ހެކިދެމުންދާއިރު، ގުދުރަތީ މި ރީތިކަން އަންނަން އޮތް ޖީލުތަކަށްޓަކައި ރައްކާތެރިކުރުމުގެ މުހިންމުކަން ވަރަށް ބޮޑަށް ހަނދާންކޮށްދެއެވެ.

ދެމެހެއްޓެނިވި ގޮތަކަށް ކުރިއެރުވުމުން ނޫނީ، މިފަދަ ރީތިކަން ދިރިހުރުމަކީ އުނދަގޫ ކަމެއްކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.