
ކޯސްޓްގާޑުން މެރިޓައިމް އިންސިޑެންޓް މެނޭޖްމަންޓް ޓްރޭނިންގ ޕްރޮގްރާމެއް ހިންގައިފި
އެމްޓީސީސީގެ ތ.އަތޮޅު އާރު.ޓީ.އެލް ފެރީގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އެމް.އެން.ޑީ.އެފް ކޯސްޓްގާޑުން މެރިޓައިމް އިންސިޑެންޓް މެނޭޖްމަންޓް ޓްރޭނިންގ ޕްރޮގްރާމެއް ހިންގައިފި އެވެ.
ސެޕްޓެންބަރު 24އިން 25އަށް ތ.ވޭމަންޑޫގައި ކުރިއަށްގެންދިޔަ މި ޓްރޭނިންގ ޕްރޮގްރާމުގައި އެމްޓީސީސީ، ތ.އަތޮޅުގެ އާރުޓީއެލްގައި މަސައްކަތްކުރާ 6 މުވައްޒަފުން ބައިވެރިވިއެވެ. މި ޓްރޭނިންގ ޕްރޮގްރާމްގައި ސީމަންޝިޕް، ޝިޕްބޯޑް އިމަޖެންސީ، ރެސްކިއު އަދި ފަަސްޓް އެއިޑް ވަނީ ކިޔަވައިދީފައެވެ.
މި ޕްރޮގްރާމަކީ އެމްޓީސީސީގެ އެދުމުގެ މަތިން ތ.އަތޮޅުގެ އާރުޓީއެލް ފެރީތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ޚާއްޞަކޮށްގެން ކުރިއަށް ގެންގޮސްފައިވާ ޓްރޭނިންގ ޕްރޮގްރާމެކެވެ.
މި ޓްރޭނިންގ ޕްރޮގްރާމުގެ ބައިވެރިންނަށް ކްލާސްތައް ނަގައިދިނީ އެމްއެންޑީއެފް ކޯސްޑްގާޑުގެ ސިފައިންނެވެ.



