މުޑުވަކަށް މޭވާ އިޚްތިޔާރު ކުރުން

ރަނގަޅު މޭވާއަކަށް، ރަނގަޅު މުޑުވަކެއް ބޭނުންކުރުން ވަރަށް މުހިންމެވެ. އެހެންކަމުން މުޑުވައްކުރުމަށް ބޭނުންކުރާ މޭވާގައި ހުންނަންޖެހޭ ސިފަތައް އެނގުމަކީ ވަރަށް މުހިންމު ކަމެކެވެ. އެހެންކަމުން މި ހިއްސާ ކޮށްލަނީ މިޑުވައްކުރަން ބޭނުންކުރާ މޭވައިގައި ހުންނަންވާ ސިފަތަކެވެ.

މުޑުވަކަށް ބޭނުންކުރާ މޭވައިގައި ހުންނަ ސިފަތައް

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ
  • ބަލިނުޖެހި ރަނގަޅަށްހެދޭ ގަހަކުން ނުވަތަ ވެލަކުން ލިބިފައިވާ މޭވާއަކަށްވުން
  • މޭވާއަކީ ކުލައާއި، ސައިޒާއި، ރަހައިގެ ގޮތުން ފެންވަރު ރަނގަޅު މޭވާއަކަށްވުން
  • ގިނައިން މޭވާ އަޅާ ގަހަކުން ލިބިފައިވާ މޭވާއަކަށްވުން
  • މޭވާއަކީ ކުލައާއި، ސައިޒާއި، ރަހައިގެ ގޮތުން، ރަނގަޅު މޭވާއަކަށް ވުން
  • މޭވާއަކީ ގަހުގައި އިނދެ ހަރުވެ ދޮންވެފައިވާ މޭވާއަކަށްވުން

މޭވާއިން އޮއް ނަގާ ރައްކާކުރުމުގައި ފުރިހަމަ ކުރަންޖެހޭ ކަންކަން

  • މޭވާއިން އޮށްތައް ވަކިކުރުމަށްފަހު ފަންގަސްބަލިތަކުން ރައްކާތެރި ކުރުމަށްޓަކާ ސާފުފެނުން ދޮވެލުން
  • އޮށްތައް ނޫސްކަރުދާސްގަނޑެއްފަދަ އެއްޗެއްގެ މަތީގައި ފަތުރާލުމަށްފަހު ވައިން ހިއްކާލުމަށްޓަކާ ސާފުފެނުން ދޮވެލުން.
  • އޮށްތައް ނޫސް ކަރުދާސްގަނޑެއްފަދަ އެއްޗެއްގެ މަތީގައި ފަތުރާލުމަށްފަހު، ވައިން ހިއްކާލުމަށްޓަކާ އަވިނުދޭގޮތަށް 3 ނުވަތަ 2 ދުވަސް ވަންދެން ހިޔަލުގައި ބެހެއްޓުން
  • އޮށްތައް ގިނަދުވަހު ރައްކާކޮށްފައި ބަހައްޓާނަމަ ”މެޕްޓަން“ ފަދަ ފަންގިސައިޑެއް އޮށުގައި ތުނިކޮށް ހޭކިލާވަރަށް އޮށްތަކާއި އެއްކޮށްލުން، މިފަދަ ފަންގިސައިޑެއް ނުލިބިއްޖެ ނަމަ އޭގެ ބަދަލުގައި އަަޅިވެސް އެގޮތަށް އޮށްތަކުގައި ހާކާލެވިދާނެއެވެ.
  • މި ބުނި ގޮތަށް އޮށްތައް ތައްޔާރުކުރުމަށްފަހު ދަޅު ނުވަތަ ކުދި ކޮތަޅުގައި ވައި ނުވަންނަގޮތަށް ބަންދު ކުރުން. މިގޮތަށް ބަންދު ކުރާނީ، ފޮއިލް ކޮޅަކަށް ނުވަތަ ކަރުދާސް ކޮޅަކަށް ލާފައި ނިވާކޮށްލާފަ.
  • މުޑުވައް ބަންދު ކުރުމަށްފަހު ބަންދުކުރި އެއްޗެއްގައި ބަންދު ކުރި ތާރީޚާއި އެކު ކޮންކަހަލަ މުޑުވަކެއްކަން އެނގޭގޮތަށް ރަަނގަޅަށް ލޭބަލް ކުރުން
  • މުޑުވައްތައް ސީދާ އަވި ނުލިބޭ ފިނިތަނެއްގައި ރައްކާކުރުން.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.