އޮންލައިން މެދުވެރިކޮށް ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާއި އެކްސްޕްލޮއިޓޭޝަންއާ ދެކޮޅަށް ހިންގި ބައިނަލްއަގްވާމީ އޮޕަރޭޝަނެއްގައި ދިވެހި ފުލުހުން ބައިވެރިވެއްޖެ

އޮންލައިން މެދުވެރިކޮށް ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާއި އެކްސްޕްލޮއިޓޭޝަން އާ ދެކޮޅަށް ހިންގުނު ބޮޑު ބައިނަލްއަގްވާމީ ގާނޫނު ތަންފީޒުކުރުމުގެ އޮޕަރޭޝަނެއްގައި ދިވެހި ފުލުހުންގެ ޚިދުމަތުން ބައިވެރިވެއްޖެ އެވެ.

މި އޮޕަރޭޝަނަކީ ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ މިނިސްޓްރީ އޮފް އިންޓީރިއަރގެ އިސްނެގުމުގެ ދަށުން 2025 ވަނަ އަހަރުގެ ޖުލައި 10 އިން އޯގަސްޓް 31 އަށް ހިންގުނު 7 ހަފްތާގެ އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަނުގައި ރާއްޖޭގެ އިތުރުން ރަޝިޔާ، ތައިލެންޑް، އިންޑޮނޭޝިއާ، ނޭޕާލް، ޕެރޫ، ބްރެޒިލް އަދި އެހެނިހެން ގައުމުތައް ހިމެނޭ ގޮތަށް 15 ގައުމެއްގެ ކަމާ ގުޅުންހުރި މުއައްސަސާތަކުން ބައިވެރިވެފައިވެ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މިކާމިޔާބު އޮޕަރޭޝަނުގައި ޖުމްލަ 188 މީހަކު ހައްޔަރުކުރެވި، މުޅި ދުނިޔޭގައި ޝިކާރައަކަށްވެފައިވާ 165 ފަރާތް ސަލާމަތްކުރެވި، އަދި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މެޓީރިއަލް ބެހުމަށް ހިންގަމުންދިޔަ 28 ނެޓްވޯކް ހުއްޓުވާފައިވެ އެވެ.

މީގެ އިތުރުން، މުއައްސަސާތަކުން ވަނީ 113 ޔޫސަރ އެކައުންޓް ބަންދުކޮށް، 153 އިލެކްޓްރޯނިކް ވަސީލަތް އަތުލައި، އަދި އޮންލައިން ސަލާމަތްތެރިކަން އިތުރުކުރުމަށްޓަކައި ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން 76 ކެމްޕެއިން ހިންގާފަ އެވެ.

15 ގައުމެއްގެ ކަމާ ގުޅުންހުރި މުއައްސަސާތައް ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި ރާއްޖެއިން ބައިވެރިވުން ދައްކުވައިދެނީ ބައިނަލްއަގުވާމީ  އެއްބާރުލުމުގެ ތެރެއިން އޮންލައިން މެދުވެރިކޮށް ކުޑަކުދިން އެކްސްޕްލޮއިޓޭޝަންއާ ދެކޮޅަށް ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތް އިތުރުވެ، ދުނިޔޭގެ ފެންވަރުގައި ގާނޫނު ތަންފީޒުކުރުމާއި ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތްތަކަށް އެހީތެރިވުމުގެ ތެރެއިން، ކުޑަކުދިން ރައްކާތެރިކުރުމާއި ސައިބަރ ސަލާމަތްތެރިކަން ހަރުދަނާކުރުމަށް ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތް އިތުރަށް ވަރުގަދަ ވެގެންދާކަމެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.