ހީކުރާ ގޮތާއި ކަމުގެ ހަޤީޤަތް (7)

 

ހީކުރާ ގޮތްކަމުގެ ހަޤީޤަތް
ވެރިއަކު އަންނަތަނަށް ރައްޔިތުން ގެންގޮސް އޭނާގެ ވެރިކަމަށް ތާއީދު ކުރާކަން ދައްކަން ޖެހޭނެއެވެ. އެއީއޭނާ އަށް އޮތްތާޢީދު ދެއްކުމަށް ކުރެވޭ ކަމެކެވެ.ވެރިއަކު އަންނައިރު އަންނަތަނަށް އެއްވާ ރައްޔިތުންގެ ތެރެއަށް އިދިކޮޅު މަދު ބަޔަކު އެއްވެ ނަމަވެސް ނުރުހުން ފާޅުކޮށްފި ނަމަ ވެރިމީހާ ފެންނާނީ ގިނަބަޔަކު ނުރުހުން ފާޅުކުރަން އައިސް ތިބީ ކަމުގައެވެ. މިހެން ކަމުން ވެރިމީހާ ދެކޭނީ އިސްތިޤްބާލު ކުރުމަށް ވުރެ މުޒާހަރާ ކުރަން މީހުން އެއްވެ ތިބީ ކަމުގައެވެ.
ސިޔާސީ ކަންކަމުގައި ގިނަމީހުން އުޅެނީ ކޮންވެސް ގޮތަކުން ފައިސާއެއް ނުވަތަ އެނޫންވެސް އިނާޔަތެއް ލިބޭތީއެވެ.ސީޔާސީ ކަންކަމުގައި  ހަރަކާތްތެރި ހޯބޯލަވާ އުޅޭ މީހުން އެކަމުގައި އުޅެނީ އެއްވެސް އެއްޗެއްލިބޭތީއެއް ނޫނެވެ. އެހެނަސް ކޮންވެސް އެއްޗެއް ލިބިދާނެ ކަމުގެ އުއްމީދު ގައެވެ. ހަމަ އެއްވެސް އެއްޗެއް ލިބޭ އިރަށް މިމީހުން އެހެން ހޯބޯ ލަވާކަށް ނުނުކުންނާނެއެވެ. މިހެން ނުކުންނަ މީހުން ސިޔާސީ މައިދާނުގައި ވަރަށް އަވަހަށް ބަދަލުވާނެއެވެ.
ޕާޓީގެ ޒައީމަކީ ފަހުބަސްބުނާ މީހާއެވެ.ޑިމޮކްރެޓިކް ޕާޓީގައި ފަހުބަސް ބުނާކަށް ޒަޢީމެއް ނުހުނާނެއެވެ. ޑިމޮކްރެޓިކް އުޞޫލުން ހޮވާފައި އޮންނަ ކޮމިޓީ އަކީ ޕާޓީއެއްގައި އެއްމެ ފަހުބަސް ބުނާ ފަރާތެވެ. އެހެންނޫނަމަ ވެރިކަން ބަދަލުވަނީ “ އޮޓޯ ކްރެސީ “ އަކަށެވެ. ( އެކަކު އަކަނި ކުރާ ވެރިކަމަކަށެވެ.)
ޕާޓީއެއް ފުނޑުފުނޑު ވާނީ ސަރުކާރުން ފިއްތުންތައް ކުރިމަތި ވެގެންނެވެ.ޑިމޮކްރެޓިކް ސަރުކާރެއް އައުމުން ސިޔާސީ ޕާޓީ ފުނޑު ފުނޑު ވަނީ  ޕާޓީ ތެރޭގައި ހަމަނުޖެހުމާއި ކުރިމަތިލާން ޖެހުމުންނެވެ.
ވެރިކަން ކުރެވޭނީ މަކަރާއި ހީލަތް ހުރެގެންނެވެ.ވެރިކަން ކުރެވޭނީ އިހްލާޞްތެރިކަމާއި ތެދުވެރިކަން ހުރެގެންނެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.