ހީކުރާ ގޮތާއި ކަމުގެ ހަޤީޤަތް (4)

 

ކަމުގެ ހަޤީޤަތްހީކުރާގޮތް
ޕާޓީ ޕްރޮމޯޓް ކުރުމަށް އެކިމީހުން ލީޑަރ ޝިޕްގައި މަސައްކަތް ކުރުމުން ޕާޓީ ވިހައެވެ. ނުވަތަ ޕާޓީން ޕާޓީ އުފެދެއެވެ. މިހިސާބުން ޕާޓީ ޕާޓީއެއްގެ ގޮތުގައެއް ނޯންނާނެއެވެ.ޕާޓީތެރެއިން އެމީހަކު ބޭނުން ގޮތަކަށް ޕާޓީ ޕްރޮމޯޓް ކުރުމަށް މަސައްކަތް ކުރެވިދާނެއެވެ.
އިޤްތިޞާދީ މާހިރަކަށް ވެރިކަން ދިނުމުން އިޤްތިޞާދު ރަނގަޅު ވާއިރު ސިއްޚީ ހާލަތާއި މެދު އިހްމާލުވެދާނެއެވެ. ޤައުމަކަށް ބޭނުންވަނީ އެކަމެއް އެކަމެއްގެ ހުނަރާއި ފެންވަރު ހުރި ބައެއްލައްވާ ކުރުވަން ދަންނަ ވެރިއެކެވެ.ޤައުމަކަށް ބޭނުންވަނީ ރަނގަޅު އިޤްތިޞާދީ ވެރިއެކެވެ.
މެކޭނިޒަމަކީ ވެރިކަން އަތުރާލާ އެކަށައެޅުމެވެ. މިކަން ވުމަށް ރައްޔިތުންގެ މަޖިލީސް ނުހަނު އެކުވެރިވާން ޖެހޭނެއެވެ. ބޭރުން ގެންނަ “މެކެނޭޒަމަކަށް” ރާއްޖޭގެ ވެރިކަމެއް ނުކުރެވޭނެއެވެ.ކޮންމެ މީހަކުވެސް ބުނަނީ ކޮންމެވެސް މެކޭނިޒަމެއް ނުވަތަ “މެކެނޭޒަމެއް” ގެންނާށެވެ. ތިބުނާ “މެކެނޭޒަމެއް” ވިއްކަން ހުރިތަނެއް ބަލައިގެން ނަމަވެސް އެއެެއް ގެންނެސްގެން ވެރިކަން އިސްލާހު ކުރަންވެއްޖެއެވެ.
މައުމޫނުގެ ދިމިކްރާތީ ނިޒާމުގައި ގިނަޕާޓީތަކަކަށް ފުރުޞަތެއް ނޯންނާނެއެވެ.އަދިވެސް މި ކުރެވެނީ ހަމަ މައުމޫނުކުރި “ދިމިކްރާތީ” ނިޒާމްގެ ވެެރިކަމެކެވެ.
ވެރިމީހާ އަށް އެކަށީގެންވާ ވަރުގެ އަދަބެއް ދިނީމާ ފަތިފުށުގެ ކޮރަޕްޝަން ވާހަކަ ހަމްދަރުދީގެ ވާހަކަތަކަކަށް ބަދަލުވެދާނެއެވެ.ވެރިއެއްގެ ފަތިފުށަކީ ދުވަހަކުވެސް ހުސްވުމެއް ނެތް ވާހަކައެކެވެ.
ގިނަމީހުން ވީމާ ގިނަ ކަންތައް ކުރެވޭނެއެވެ. ދުވަހަކުވެސް ކުރާނެ ކަންތައް ދުނިޔެ ދެމިއޮތްހާ ދުވަހަކު ހުހެއްނުވާނެއެވެ. ކައުންސިލަރުންނަށް “ކްލީނިން ޕްރޮގްރާމާއި” ލާރނިން ޕްރޮގްރާމް”  ރަށުގައި ތިބޭ މުސްކުޅި ވެރިންނަށް ހުއްޓުމެއް ނެތި ހިންގިދާނެއެވެ.ގިނަ ކައުންސިލަރުން ތަކެއް ތިބީމާ ދެން ކުރާނެ ކަމެއްވެސް ނޯންނާނެއެވެ.
ވެރިކަން ބީވީމާ އަނެއްކާވެސް ވެރިކަން ހޯދުމަށް އަނިޔާލިބިގަތުމަށްވުރެ ރައްޔިތުންގެ ރުހުން އަވަސްމުއްދަތެއްގައި ފަސޭހަކަމާއި އެކު ލިބޭނެ ގޮތެއްނެތެވެ. ބުއްދިވެރި ވެރިއަކީ އަމިއްލައަށް ޖަލު ހިޔާރުކޮށް އުމުރުން ބައެއްގާ ޖަލުން ނުކުމެވޭތޯ މަސައްކަތް ކުރާ ވެރިމީހާއެވެ. މަންޑޭލާ އަކީ މިކަމުގެ މިސާލެކެވެ.ވެރިކަން ބީވީމާ އަނެއްކާވެސް ރައްޔިތުންގެ ރުހުން ލިބޭތޯ ބަލައިގެން ވެރިކަމާއި އުޅުމަކީ އެންމެ ބުއްދިވެރި ވެރިން ކަން ކުރާ ގޮތެވެ.

އިޝްތިހާރު Below Header ad

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.