ހީކުރާ ގޮތާއި ކަމުގެ ހަޤީޤަތް (1)

 

ހީކުރާ ގޮތްކަމުގެ ހަޤީޤަތް
ޑޮނަލްޑް ޓްރަމްޕްގެ ސަބަބުން ތިންވަނަ ބޮޑު ހަނގުރާމަ ފެށިދާނެއެވެ.ޑޮނަލްޑް ޓްރަމްޕް ގެ ވިޔާފާރި ބަނގުރޫޓުވާ ގޮތަކަށް ހަނގުރާމަ ފަށާކަށް ޚުދު ޓްރަމްޕް ވެސް މަސައްކަތެއް ނުކުރާނެއެވެ.
ދިވެހިން އާއިލީ ވެރިކަން ދެކެ ވަރަށް ފޫހިވާނެއެވެ.ދިވެހިންފޫހިވަނީ އާއިލީ ، ހަސަބާއި ނަސަބު ގެ މަތިކަން ދައްކަން ކުރާ އަނިޔާވެރި ވެރިކަންދެކެއެވެ.
ކައުންސިލަރުން ރައްރަށް ހިންގަމުން ގެންދަންވާނީ ޕާޓީގެ އެދުމާ އެއްގޮތަށެވެ.ކައުންސިލަރުން ރަށުގެ ކަންތައް ހިންގަމުން ގެންދާނީ ރަށަށް ފައިދާވާ ގޮތްގޮތަށެވެ.
ރާއްޖޭގައި އެންމެން މަސައްކަތް ކުރަމުންދަނީ ރިޔާސީ ނިޒާމާއި އެއްގޮތަށެވެ.ރައްޔިތުން ރިޔާސީ ނިޒާމާއި ދިމާއިދިކޮޅަށް ވޯޓްދިނުމުގައި ބަލަނީ އަތްމަތި ތަނަވަސް ވާނެގޮތަކަށެވެ. ވެރިކަންލިބުމާއި އެކު ޕާލަމެންޓް މަސައްކަތް ފަށައިގަންނަނީ ބަރުލަމާނީ ނިޒާމަށެވެ.
ރަށުގެ ކައުންސިލްތަކަށް ލިބިފައިވަނީ މިނިވަން ބާރެކެވެ.ޑިމޮކްރަސީގައި ކައުންސިލް ހިނގަނީ މައިސަރުކާރާއި ގުޅިގެންނެވެ.
ވެރިކަން ވައްޓާލުމަށްޓަކައި ކައުންސިލަރުންގެ ދައުރު ވަރަށްމުހިއްމެވެ.ސަރުކާރު ވައްޓާލެވޭނެ ގޮތެއް ދެނެއްނޯންނާނެއެވެ. ވެރިކަން ބަދަލު ކުރެވިދާނެއެވެ. އެއީ ސަރުކާރު ވެއްޓުމެއްނޫނެވެ. ޑިމޮކްރަސީ ވެރިކަމެއްގައި އަބަދުވެސް ވެރިކަން މި އުޞޫލުން ބަދަލުވަމުންދާނެއެވެ.
ކައުންސިލަރުން ސަރުކާރުގެ މަޝްރޫޢު ނުހިންގާ ލަސްކުރުމަކީ  2018 އަށް ވެރިކަން ކުރާޕާޓީގެ ކިބައިން ވެރިކަން ނިގުޅައިގަތުމަށް އޮތްމަގެކެވެ.ކައުންސިލަރުން މިގޮތަށް މަސައްކަތް ނުކޮށް މަޝްރޫޢުތަކަށް ފުރަގަސްދޭންފަށައިފިނަމަ ރަށް ތަރައްޤީއެއްނުވާނެއެވެ.

އިޝްތިހާރު Below Header ad

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ޚިޔާލުތައް:

ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.