ޖަވާބުދާރީކުރުވަން އޮތް ބާރަކީ، އިޖުތިމާޢީ ފޭރާން ހަފުސްކުރާ ބަޔަކަށް ވެއްޖެނަމަ، ކުރިމަގު އުޖާލާ ނުވާނެ: މިނިސްޓަރ

ރައްޔިތުންގެ މަޖިލީހާއި، ސަރުކާރާއި، ޝަރުޢީ ނިޒާމު ޖަވާބުދާރީކުރުވަން އޮތް ބާރަކީ، ވީދެމުންދާ އިޖުތިމާޢީ ފޭރާން ހަފުސްކުރާ ބަޔަކަށް ވެއްޖެނަމަ، ޤައުމުގެ ކުރިމަގު އުޖާލާ ނުވާނެ ކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެ އެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

”ރަށްރަށަށް ވަޑައިގެން ރައީސުލްޖުމްހޫރިއްޔާ އުޅުއްވަނީ ވަރަށް ސާދާކޮށެވެ. މަގުމަތިން ހިންގަވާފައި ވަޑައިގަންނަވާއިރު ދިމާވާ އެކި އުމުރުފުރައިގެ މީހުންނާއި ކުޑަކުދިންނާ ބައްދަލު ކުރައްވައި، ސަލާންގަލާން ކުރައްވައި، ހާލުއަހުވާލު އައްސަވަ އެވެ. އެއީ، ރާއްޖޭގެ ގިނަ ބަޔަކު ވަރަށް އުފާވާ އަދި މަދުން ނޫނީ ނުފެންނަ ސިފައެކެވެ“ މިނިސްޓަރގެ ޕޯސްޓްގައި ވިދާޅުވެފައިވެ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ކުރެއްވި މި ޕޯސްޓްގައި ދައުލަތުގެ ތިން ބާރަށް ފާރަވެރިވާ ނޫސްވެރިކަމުގެ ތަޞައްވުރު ރަނގަޅުކުރުމަށް ޓަކައި ކުރަންޖެހިފައިވާ މަސައްކަތްތައް މަދުނޫން ކަމަށް ވެސް ވިދާޅުވެފައި ވެއެވެ. އަދި ބަދަލުހިފުމާއި، ޒާތީ ތަޢައްޞަބުން ދުރުހެލިވެ، ފަސާދައާއި ފިތުނަވެރިކަން އެއްކިބާކޮށް ޒިންމާދާރު ނޫސްވެރިކަމަކަށް އިންތިހާއަށް މިއަދު ބޭނުންވެފައިވާ ކަމަށްވެސް ވިދާޅުވެފައިވެ އެވެ.

އެކްސްގައި މިނިސްޓރ ކުރެއްވި މި ޕޯސްޓް ނިންމަވައިލައްވާފައި ވަނީ މި ޤައުމަށް ސަހަރޯވެރިވެ، ޤައުމު ހަމަމަގަށް އަޅުވަން ތިބޭނީ ދިވެހި ރައްޔިތުންކަމަށް ވިދާޅުވެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.