
އިލެކްޝަންސް ކޮމިޝަނުން ފަޒީފާގެ ފުރުޞަޠުތަކެއް ހުޅުވާލައިފި
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 އާ ގުޅިގެން ކޮމިޝަނުގެ އެކިއެކި މަސައްކަތްތަކަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް އެ ކޮމިޝަނުން އިޢުލާން ކޮށްފި އެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ މަސައްކަތްތަކަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް ވޯކް-އިން އިންޓަވިއުއެއް ބޭއްވުމަށްވަނީ ހަމަޖެހިފަ އެވެ. މިކަމުގެ ސަބަބުން ގިނަ ބަޔަކަށް ފަސޭހަކަމާއެކު މި މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު ފަހިވެގެންދާނެ އެވެ.
މިގޮތުން 29 އޮގަސްޓު ވާ ހުކުރު ދުވަހު ކަލާފާނު ސްކޫލްގައި ހަވީރު 4:00 އިން ރޭގަނޑު 10:00 އަށް އަދި 30 އޮގަސްޓު ވާ ހޮނިހިރު ދުވަހު ކާމިލް ދީދީ ޕްރައިމަރީ ސްކޫލް (ހުޅުމާލެ ފޭސް 2)ގައި ހަވީރު 4:00 އިން ރޭގަނޑު 10:00 އަށް ވޯކް-އިން އިންޓަރވިއު ކުރިއަށްދާނެ އެވެ.
އިންތިޚާބުގެ މަސައްކަތްތަކަށް ނަގާ މުވައްޒަފުން ބޭނުންވާ ދާއިރާތަކުގެ ތެެރޭގައި ހިއުމަން ރިސޯސް، އެޑްމިނިސްޓްރޭޝަން، މީޑިއާ، ޕަބްލިކް ރިލޭޝަންސް، އިންފޮމޭޝަން ޓެކްނޮލޮޖީ، ފައިނޭންސް އަދި ލީގަލް ހިމެނެ އެވެ. ވޯކް-އިން އިންޓަރވިއުއަށް ހާޟިރުވާއިރު އައިޑީ ކާޑު، ތައުލީމީ ސެޓްފިކެޓް އަދި ސީވީގެ ކޮޕީ ގެނައުމަށް ހާއްސަ ސަމާލުކަމެއް ދިނުމަކީ މުހިއްމުކަމެކެވެ.
މި ވޯކް-އިން އިންޓަރވިއުގައި ވަޒީފާގެ ފުރުޞަތުތަކާގުޅޭ މަޢުލޫމާތު ދިނުމާއި ވަޒީފާއަށް އެދޭ ފޯމް ފުރުމާއި، ރަޖިސްޓަރީކޮށްދިނުމާއި އެޕްލިކޭޝަން ސްކްރީންކުރުމުގެ މަސައްކަތް ކުރިއަށްދާނެ އެވެ. އަދި ޝަރުތު ހަމަވާ ފަރާތްތަކާ އިންޓަރވިއުކޮށް ވަޒީފާއަށް އެދޭ މަޤާމަށް ބޭނުންވާ ހުނަރުތަކަށް ބިނާކޮށް އަމަލީ ޓެސްޓު ދިނުމުގެ އިންތިޒާމްތައްވެސް ވަނީ ހަމަޖެހިފަ އެވެ.
މިވަޒީފާތަކަށް ހޮވޭ ފަރާތްތަކަށް، ވަޒީފާގެ މާހައުލުގައި ސަމާލުކަންދޭންވީ ކަންކަމާއި އިންތިޚާބެއް ކުރިއަށްދާއިރު މި ކޮމިޝަނުން ކުރަމުންގެންދާ މަަސައްކަތްތައް ދަސްކޮށް ތަޖުރިބާކޮށްލުމަށް ލިބޭ ފަހި ފުރުސަތަކަށް ވެގެންދާނެއެވެ. އަދި ޓީމެއްގެ ގޮތުގައި މަސައްކަތްކޮށް، އެކި ދާއިރާތަކުގެ މަސައްކަތްތައް ދަސްވެގެންދާނެ އެވެ.
އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް ގުޅުއްވާނީ1414 އަށެވެ.