މަކަރާއި ހީލަތުން މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ހޯދި މީހަކު ހައްޔަރު ކޮށްފި

މަކަރާއި ހީލަތުން މިލިއަނަކަށްވުރެ ގިނަ ރުފިޔާ ހޯދި މީހަކު ހައްޔަރުކޮށްފި ކަމަށް ފުލުހުން ހާމަކޮށްފި އެވެ.

އެމީހާގެ ވަނަވަރު ހާމަ ކުރަމުން ފުލުހުން ބުނެފައިވަނީ، މުދާ ސަޕްލައިކޮށްދިނުމަށް އެދި ފޯނުން ގުޅައިގެން ވާހަކަ ދައްކައި، އޮޅުވާލައިގެން ފައިސާ ހޯދިކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވަނީ 29 އަހަރުގެ ޝިހާން ޝިޔާމް، ސ. ފޭދޫ/ ޑޭލައިޓްވިލާ ކަމަށެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ، ޝިޔާމް ހައްޔަރުކޮށްފައިވަނީ، އެންޓި ސްކޭމް ސެންޓަރަށް އެކި ދުވަސްމަތިން ހުށަހަޅާފައިވާ ސްކޭމްގެ މައްސަލަތަކަކާ ގުޅިގެން އެޚިދުމަތާއި ސ. ހިތަދޫ ޕޮލިސް ގުޅިގެން ހިންގި ޙާއްސަ އޮޕަރޭޝަނެއްގައި، ކޯޓު އަމުރެއްގެދަށުން މިހިނގާ އޮގަސްޓް މަހުގެ 25 ވަނަދުވަހު ކަމަށެވެ. އަދި މި މައްސަލަތަކުގެ ތަހުގީގުގައި މިހާތަނަށް ބެލިބެލުމުން، މި އަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހު ޝިހާން ޝިޔާމް މީހަކަށް ގުޅައި މުދާ ސަޕްލައިކޮށްދިނުމަށް އެދި ވާހަކަ ދައްކައި، މަކަރާއި ހީލަތުން 30،000 އަށް ވުރެ ގިނަ ރުފިޔާ އެ މީހާގެ އަތުން ހޯދާފައިވާ ކަން ތަހުގީގަށް އެނގިފައިވާކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.
މިމައްސަލައިގެ އިތުރުންވެސް ޝިހާން ޝިޔާމް މަކަރާއި ހީލަތުން މީހުންގެ އަތުން ފައިސާ ފޭރުމާއި އެކައުންޓް ކޮމްޕްރޮމައިޒް ކޮށްގެން ފައިސާ ފޭރުން ފަދަ 12 މައްސަލައެއް މިހާރު ވެސް ތަހުގީގު ކުރަމުންދާ ކަމަށާއި، މި 12 މައްސަލައިގައި، މަކަރާއި ހީލަތުން ހޯދާފައިވާ 380،000 އަށް ވުރެ ގިނަ ރުފިޔާ އޭނާގެ އަކައުންޓުގައި ދައުރުކޮށްފައިވާކަމަށް. އަދި މި 12 މައްސަލައިގެ ޖުމްލަ ފައިސާގެ އަދަދު މިލިއަނަކަށް އަރާނެ ކަމަށް ވެސް ތަހުގީގުގައި މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ކަމަށް ފުލުހުންގެ ޚިދުމަތުން ވަނީ މަޢުލޫމާތު ދެއްވާފަ އެވެ.
މިމައްސަލައާއި ގުޅިގެން ޝިހާން ޝިޔާމްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
މިމައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.