އުތުރު ކޮރެއާއިން ވައިގެ ދިފާއީ އާއު މިސައިލްތަކެއް ޓެސްޓު ކޮށްފި

އުތުރު ކޮރެއާގެ ވެރިޔާ ކިމް ޖޮންގް އުންގެ ސީދާ ބެލުމުގެ ދަށުން އެގައުމުން ވައިގެ ދިފާއީ އައު މިސައިލްތަކެއް ޓެސްޓު ކޮށްފި އެވެ.

އަލަށް ޓެސްޓުކުރި ވައިގެ 2 މިސައިލް ވަރަށްވެސް ކާމިޔާބު ކަމަށާއި، 2 މިސައިލުގައިވެސް ހަނގުރާމައިގެ ޤާބިލިއްޔަތުކަން އެންމެ މަތީ ދަރަޖައިގައި ހުރި ކަމަށް އުތުރު އަސްކަރިއްޔާއާއި ހަވާލާދީ ކޮރެއާގެ މީޑީއާތަކުން ބުނެފައިވެއެވެ. އުތުރު ކޮރެއާއިން މިސައިލްތައް ޓެސްޓުކޮށްފައި މިވަނީ، އެގައުމުގެ އެންމެ ވާދަވެރި ދެކުނު ކޮރެއާގެ ރައީސް ލީ ޖޭ މިޔަންގއާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވޮޝިންގޓަން ޑީސީގައި ބައްދަލުކުރެއްވުމަށް އެއްދުވަހަށް ވެފައިވަނިކޮށެވެ.
މިއަދު ޓެސްޓުކުރި މިސައިލްތަކަކީ ޑްރޯން ހަމަލާތަކާއި ކްރޫސް މިސައިލްފަދަ ވައިގެ ޒަރީއާއިންދެވޭ ޙަމަލާތަކުން ދިފާއު ކުރުމުގައި ކާމިޔާބު މިސައިލްތަކެއްކަމަށް އުތުރު ކޮރެއާގެ ރަސްމީ ނޫސް އެޖެންސީ ކޮރެއަން ސެންޓްރަލް ނިއުސް އެޖެންސީ (ކޭސީއެންއޭ) އިން ބުނެފައިވެއެވެ.
އަލަށް ޓެސްޓުކުރި މިސައިލްތަކާއިބެހޭ މާބޯޑު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް މިއީ އާދަޔާ ޚިލާފް ހާއްސަ ޓެކްނޮލޮޖީއަކުން ބިނާކޮށްފައިވާ މިސައިލްތަކެއް ކަމަށް ބުނެފައިވެ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.