ގަވާއިދާއި ޚިލާފަށް ވަދެއުޅުނު މަސްބޯޓެއް ހުއްޓުވައިފި

ދިވެހިރާއްޖޭގެ ހާއްސަ އިޤްތިސާދީ ސަރަހައްދަށް ގަވާއިދާއި ޚިލާފަށް ވަދެއުޅުނު ބޭރުގެ މަސްބޯޓެއް ރާއްޖޭގެ ދިފާއީ ބާރުން ހުއްޓުވައިފި އެވެ.

މިކަމާ ގުޅޭގޮތުން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން އެކްސްގައި މަޢުލޫމާތު ދެމުން ބުނެފައިވަނީ، ދިވެހިރާއްޖޭގެ ހާއްސަ އިޤްތިސާދީ ސަރަހައްދަށް ގަވާއިދާއި ޚިލާފަށް ވަދެއުޅުނު ބޭރުގެ މަސްބޯޓެއް ކޯސްޓްގާޑުން ހުއްޓުވާ، ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށާއި، އެބޯޓުގައި 6 މީހުން ތިބިކަމަށެވެ.
މިބޯޓު ފެނިފައިވަނީ ކ. ދިއްފުއްޓާއިދިމާ އިރުމަތިން، ރާއްޖޭގެ ހާއްސަ އިޤްތިސާދީ ސަރަހައްދުން ކަމަށް ވެސް އެމް.އެން.ޑީ.އެފްއިން ބުނެފައިވެ އެވެ.
އެއީ ކޮން ޤައުމެއްގެ މަސްބޯޓެއް ކަމާއި މިކަމާ ގުޅޭ އިތުރު ތަފްސީލެއް އެފަރާތުން ހާމަކޮށްފައެއް ނުވެ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.