ތިންވަނަ ޑިވިޝަނުގެ ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އެފްއޭއެމްއިން ހުޅުވާލައިފިއެވެ.
އެފްއޭއެމްއިން ބުނީ ތިންވަނަ ޑިވިޝަނުގެ ފުޓްބޯޅަ މުބާރާތުގައި ބައިވެރިވެވޭނީ ވަކި ސަރުތު ތަކެއް ހަމަވެގެން ކަމަށެވެ.
އެފްއޭއެމްއިން ހާމަކުރި ގޮތުގައި މި މުބާރާތުގައި ބައިވެރިވެވޭނީ މާލޭގައި ރަޖިސްޓްރީ ކޮށްފައިވާ މެމްބަރު ކްލަބް ޖަމިއްޔާ ޖަމާއަތްތަކާއި އަދި އެސޯސިއޭޓް މެމްބަރު ކްލަބް ޖަމިއްޔާ ޖަމިއްޔާތަކަށް ކަމަށެވެ.
އެފްއޭއެމްއިން ބުނީ ތިންވަނަ ޑިވިޒަން ފުޓްބޯޅަ މުބާރާތް ފެށެން ކުޑަތަން ވަމުން އަންނައިރު މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ކްލަބްތަކުން ވީހާވެސް އަވަހަށް ފޯމް ހުށައަޅާ ހަމަޖައްސަން ޖެހޭ ކަންކަން އަވަސްކުރަން ޖެހޭކަމަށެވެ.
އެގޮތުން މި މަހުގެ 13 ވަނަ ދުވަހުގެ މެންދުރު 14:30 ގެ ކުރިން މުބާރާތުގައި ބައިވެރި ވުމަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު އެ އިދާރާއަށް ހުށައެޅުމަށެވެ.
އެފްއޭއެމްއިން ބުނީ މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު އެ އިދާރާއިން މިހާރު ލިބެން ހުންނާނެކަމަށެވެ.
އަދި ބަންދު ދުވަސްތަކުގައި ވެސް ފޯމު ލިބެން ހުންނާނެ ކަމަށާއި ފޯމު ނެގުމަށް، 9500104 ނަމްބަރަށް ގުޅުއްވުމަށް އެފްއޭއެމްއިން އެދެއެވެ.
ތިންވަނަ ޑިވިސަންގެ ފުޓްބޯޅަ މުބާރާތް ފެއްޓުމަށް ހަމަޖެހިފައިވަނީ މިމަހުގެ 27 ވަނަ ދުވަހުގައެވެ.