މިރޭ ތަރާވީޙު ނަމާދު ކުރަން ޖެހޭނީ ހަނދު ބެލުމަށް ފަހު ހަނދު ނުފެނިއްޖެ ނަމަ!

ހަނދު ބެލުމުގެ ކުރިން ޢިޝާ ނިމޭ ގޮތަށް ތަރާވީޙް ނަމާދެއް ނުކުރެވޭނެ: ޝެއިޚް ނިޝާން

މިރޭ ތަރާވީޙް ނަމާދު ކުރަން ޖެހޭނީ ހަނދު ބަލައި މާދަމާ ޢީދަށް ނުވާނަމަ ކަމަށާއި އެކަން ކަނޑަ ނާޅަނީސް ފަސޭހަކޮށްލާފައި، ޢިޝާ ފަހުން ވަޤުތުން ތަރާވީޙް ނަމާދު ކޮށްލުމަކީ އަޅުކަމާއިމެދު ވެވޭ ވަރަށް ބޮޑު އިހުމާލެއް އަދި ކަންފަސޭހަ ކޮށްލުމެއް ކަމަށާއި އެއީ ދީނީ ގޮތުން ހުއްދަވާނެ ކަމެއް ނޫން ކަމަށް ޝެއިޚް އާދަމަ ނިޝާން ވިދާޅޫވެއްޖެއެވެ.

ޝެއިޚް ނިޝާންގެ ފޭސްބުކް ޕޭޖުގައި ކުރެއްވި ޕޯސްޓުގައި އިތުރަށް ވިދާޅުވެފައިވަނީ އިސްލާމިކް މިނިސްޓްރީގެ ނިންމުން ބަދަލު ކުރެއްވުމަށް ގޮވާލައްވާފައެވެ. އަދި މީގެ އިތުރުން، ޢިޝާ ފަހުން މާ ގިނަ އިރުތަކެއް ނުވަނީސް ހަނދުގެ ކަންތަކުގައި ވަކި ގޮތެއް އެބަ ނިންމާ ކަމަށާއި، އެހެން ކަމުން އެހާ އިރުކޮޅަކު މަޑުކޮށްލުމަށްފަހު ތަރާވީޙް ނަމާދު ކުރުމުން ގޯސް ވާންވީ ކީއްވެތޯ ޝެއިޚް ނިޝާން ވަނީ ސުވާލުކުރައްވާފައެވެ.

އިޝްތިހާރު Below Header ad

މިއަދަކީ މިހިނގާ1445 ވަނަ އަހަރުގެ ރަމަޟާން މަހުގެ29 ވަނަ ދުވަހެވެ. އެހެންކަމުން މިރެއަކީ ޝައްވާލު މަހަށް ހަނދު ބަލާ ރެއެވެ. ދިވެހި ރާއްޖޭގެ ކަލަންޑަރުގައި، ފަލަކީ ހިސާބަށް ރިޢާޔަތްކޮށް ނިންމާފައި ވަނީ މާދަމާއަކީ ކުޑަ ޢީދު ދުވަހަށް (ޝައްވާލު މަހުގެ1 ވަނަ ދުވަހަށް) ނުވާނެ ކަމުގައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.