ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ބިލު ހުށަހަޅައިފި

ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ބާރަށު ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު އަބްދުﷲ އެވެ.

އިޝްތިހާރު Below Header ad

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ލީޑަރު އަދި އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) ވިދާޅުވީ މި ބިލު ހުށަހެޅީ ވަރަށް ބުރަ މަސައްކަތުން ވަކި ޕާޓީއަކުން އިންތިހާބު ކުރާ މެމްބަރަކު އެހެން ޕާޓީތަކަށް ބަދަލުވާތީ އެކަން ހުއްޓުވުމުގެ ގޮތުން ކަމަށެވެ.

ނަމަވެސް އެކި ސަބަބުތަކާ ހުރެ އެ ބިލު މަޖިލީހުގެ ތަޅުމަށް ގެނެވިފައި ނުވަނީ މަޖިލީހުގެ އިދާރާ އިން އެ ފުރުސަތު އަދި ފަހިކޮށްދީފައި ނުވާތީ ކަމަށް ބިގޭ ވިދާޅުވި އެވެ.

މި ބިލުގައި ހިމެނޭ ބައެއް ކަންކަމުގެ ތަފްސީލުތައް ހާމަކުރައްވަމުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ވިދާޅުވީ މެމްބަރަކު އިންތިހާބުވާ ޕާޓީން އަމިއްލަ އަށް ވަކިވެއްޖެ ނަމަ މެމްބަރު ކަމުން އިސްތިއުފާ ދޭންޖެހޭނެ ކަމަށް ބަޔާންކޮށްފައިވާނެ ކަމަށެވެ. އަދި މެމްބަރަކު ވަކިކުރަން ޕާޓީން ނިންމާ ހާލަތުގައި އިލެކްޝަންސް ކޮމިޝަނުން އެ މެމްބަރު ނިސްބަތްވާ ދާއިރާއެއްގެ ރައްޔިތުންގެ ކައިރީގައި އެ މެމްބަރު އިތުރަށް އެ ގޮނޑީގައި ބަހައްޓަން ފެނޭތޯ ނުވަތަ ނޫންތޯ ބަލަން ވޯޓެއް ނަގަންޖެހޭނެ ކަމަށްވެސް ބިލުގައި ބަޔާންކޮށްފައިވާނެ ކަމަށް ހިސާން ވިދާޅުވި އެވެ.

ހިސާން ވިދާޅުވީ މިހާރު ބިލު ފަރުމާ ކުރެވިފައި ވާނީ ސިޔާސީ ޕާޓީތަކުގެ މައްޗަށް މެމްބަރުންގެ ފުލް ކޮންޓްރޯލް ނޯންނަ ގޮތަށް އަދި ރައްޔިތުންގެ ކަންބޮޑުވުންތަކަށް ވެސް ހައްލުތަކެއް ގެނެވޭނެ ފަދަ ގޮތަކަށް ކަމަށެވެ.

މި ބިލު މަޖިލީހުގެ ތަޅުމަށް ގެނައުމުގައި އިދާރީދަތިތަކެއް ހުރިކަން ފާހަގަކުރައްވަމުން ހިސާން ވަނީ އެ ކަންކަން ހައްލުކުރަން މަޖިލީހުގެ ރައީސް އާއި އެމްޑީޕީގެ ލީޑަޝިޕުން މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވެފަ އެވެ.

މިފަދަ ބިލެއް މަޖިލީހަށް ހުށަހަޅާފައިވާއިރު ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީ ތަމްސީލުކުރައްވަމުން ގެންދެވި 13 މެމްބަރަކު އެ ޕާޓީ ދޫކޮށް ޕީއެންސީ އަށް ދާދިފަހުން ވަނީ ބަދަލުވެފަ އެވެ.

ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގާނޫނެއް އެކުލަވާލުމަކީ މިދިޔަ މަޖިލިސް އިންތިހާބުގެ ކެމްޕޭނުގައި އެމްޑީީޕީން ވައުދުވި ކަމެކެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މިފަދަ ގާނޫނެއް މަޖިލީހުން ފާސްކޮށް އަމަލުކުރި ނަމަވެސް އެމްޑީޕީ މެމްބަރުންގެ ތާއީދާއެކު ފަހުން އެ ގާނޫނު ވަނީ އުވާލާފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.