ސްނޯކްލިން އަށް ދިޔަ ޓޫރިސްޓަކު ގެއްލިގެން ހޯދަނީ
ސްނޯކްލިން އަށް ދިޔަ ޓޫރިސްޓަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.
އެމްއެންޑީއެފުން ބުނީ އަރިއަތޮޅު ރިސޯޓެއްގައި ސްނޯކަލް ކުރަން އުޅުނު ފަތުރުވެރިއެއް ގެއްލިގެން އުޅޭކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.
އެމީހާ ހޯދުމަށް ކޯސްޓްގާޑުން ސާޗް އެންޑް ރެސްކިޔު އޮޕަރޭޝަނެއް މިހާރު ފަށައިގެން ކުރިއަށްގެންދާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
ގެއްލިގެން ހޯދަމުން އަންނަނީ ކޮން ގައުމެއްގެ ފަތުރުވެރިއެއް ކަމެއް އެމްއެންޑީއެފުން ބުނެފައެއް ނުވެ އެވެ.