ޚަބަރު ފީތާ

ބޭރުގެ ބައެއް ޤައުމުތަކުގައި ހުންނަ ޑިޕްލޮމެޓިކް މިޝަންތަކުގެ ނަން ބަދަލުކޮށްފި

ބޭރުގެ ބައެއް ޤައުމުތަކުގައި ހުންނަ ޑިޕްލޮމެޓިކް މިޝަންތަކުގެ ނަން ބަދަލުކޮށްފިއެވެ.

އެގޮތުން ބޭރުގެ ހަތް ޤައުމެއްގައި ރާއްޖެއިން ހިންގަމުންދިޔަ ޑިޕްލޮމެޓިކް މިޝަންތަކުގެ ނަން ވަނީ ބަދަލު ކޮށްފައެވެ. ރައީސް އޮފީހުން ބުނީ މިބަދަލު ގެނައީ ކޮމަންވެލްތުގެ މެންބަރު ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ އޮތް އޮތުން ނިމުމަކަށް ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޢައްޔޫމް ނިންމެވުމާ ގުޅިގެން ކަމަށެވެ.

ފޮރިން މިނިސްޓްރީގެ ދަށުން ހިންގަމުން ގެންދާ ޑިޕްލޮމެޓިކް މިޝަންތަކުގެ ނަންތައް މިދިޔަ އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހުން ފެށިގެން ބަދަލުކޮށްފައިވާ އިރު، ޑިޕްލޮމެޓިކް މިޝަންތަކުގެ ނަމަށް ބަދަލު ގެންނެވި ގޮތް ތިރީގައި އެވަނީއެވެ.

– އިނގިރޭސިވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ
– ޝްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ
– އިންޑިޔާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ
– މެލޭޝިއާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ
– ސިންގަޕޫރުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ
– ބަންގްލަދޭޝްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ
– ޕާކިސްތާނުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ

 

Rate this post