އޯލެވެލްގެ މަޖުބޫރު 4 މާއްދާއަށް ސަރުކާރުން ފައިސާ ދައްކައިދޭން ނިންމައިފި

އޯލެވެލް އިމްތިހާނު ހަދާ ދަރިވަރުން 4 މާއްދާއެއް ހެދުން މަޖުބޫރުކޮށް، އެ މާއްދާތަކަށް ސަރުކާރުން ފައިސާ ދައްކާގޮތަށް ހަމަޖައްސަވައިފިއެވެ.

ސަރުކާރުން މިގޮތަށް ހަމަޖެއްސެވިކަން ބަޔާންކުރައްވާ ތަޢުލީމީ ވުޒާރާއިން ވަނީ ސްކޫލްތަކަށް ސަރކިއުލާއެއް ފޮނުއްވާފައެވެ.

އިޝްތިހާރު Below Header ad

އޯލެވެލް އިމްތިހާނާ ކައިރިކޮށް ގްރޭޑް 10ގެ ދަރިވަރުންނަށް ދޭ މޮކް އިމްތިހާނުން ފާސް ނުވާ މާއްދާތަކަށް ފައިސާ ދައްކަން ޖެހެނީ އެ ދަރިވަރަކު އަމިއްލައަށެވެ. ފާސްވާ މާއްދާތަކަށް ފައިސާ ދައްކަނީ ސަރުކާރުންނެވެ.

ތަޢުލީމީ ވަޒީރު ޑރ. އިސްމާއިލް ޝަފީއު ސްކޫލުތަކަށް ފޮނުއްވި ސާކިއުލާގައި ވަނީ އޯލެވެލް އިމްތިހާން ހަދާ ދަރިވަރުން މަޖުބޫރު ހަތަރު މާއްދާގައި ބައިވެރިވާން ޖެހޭނެކަމަށް ވިދާޅުވެފައެވެ. އަދި އެ މާއްދާތަކަށް ފައިސާ ދައްކާނީ ސަރުކާރުން ކަމުގައިވެސް ވަޒީރު ވިދާޅުވެފައިވެއެވެ. އެ މާއްދާތަކަކީ އިސްލާމް، ދިވެހި، އިނގިރޭސި އަދި ހިސާބެވެ. މި ހަތަރު މާއްދާ ހިމެނޭހެން ޖުމްލަ 5 މާއްދާގައި ދަރިވަރުން ބައިވެރިވާން ޖެހޭނެކަމަށްވެސް ސަރކިއުލާގައިވެއެވެ. އަދި ބީޓެކް ސްޓްރީމް ކިޔަވާ ދަރިވަރުން ބީޓެކް ސްޓްރީމްގެ އިތުރުން އިސްލާމް، ދިވެހި، އިނގިރޭސި އަދި ހިސާބު އިމްތިހާނުގައި ވެސް ބައިވެރިވާން ޖެހޭނެ ކަމަށް އެ ސާކިއުލާގައިވެއެވެ.

އެ ބަދަލު ގެނައުމަށް ނިންމީ ރާއްޖޭގެ ސްކޫލުތަކުގައި ތައުލީމު ހާސިލް ކޮށްގެން ނިކުންނަ ކޮންމެ ދަރިވަރަކީ ތައުލީމީ ގޮތުން ހާސިލް ކުރަން ކަނޑައެޅިފައިވާ މިންވަރަށް ހާސިލް ކޮށްފައިވާ ދަރިވަރަކަށް ހެދުމަށް ކަމަށް ތަޢުލީމީ ވުޒާރާއިން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.