އިމާމުވެ ހުކުރު ނަމާދު ކުރަން އެދޭ ދަރިވަރުންނަށް ފުރުސަތު ހުޅުވާލައިފި

ގްރޭޑް 12،11،10 ގައި ތަޢުލީމު ޙާޞިލުކުރަމުންދާ ނުވަތަ ސްކޫލު ނިންމާފައިވާ ދަރިވަރުންނަށް އިމާމުވެ ހުކުރު ނަމާދު ކުރުމުގެ ހުއްދަ ދިނުމަށް ޓަކައި، އެކަމަށް އެދޭ ފަރާތް ތަކަށް ފުރުސަތު ހުޅުވާލައިފިއެވެ. މިކަމަށް ފުރުސަތު ހުޅުވާލައި މިއަދު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ އިން ވަނީ އެކަމާއި ގުޅޭ މިންގަނޑާއި އުސޫލު ޢާއްމުކޮށްފައެވެ.

އިސްލާމީ ކަންތައްތަކާއި ބެހޢ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި ގްރޭޑް 10، 11، 12 ގައި ތަޢުލީމު ހާސިލްކުރަމުންދާ ދަރިވަރުން ނުވަތަ ސުކޫލު ނިންމާފައިވާ ދަރިވަރުންގެ ތެރެއިން ތަޖުވީދު މަގަށއ ރީތިކޮށް ޤުރުއާން ކިޔަވަން އެނގޭ، ނަމާދުގެ ފިޤުހުތަކަށް އަހުލުވެރި ދަރިވަރުންނަށް މިކަމަށއ އެދި ހުށަހެޅޭނެއެވެ. އަދި އެފަދަ ދަރިވަރުންނަށް ރާއްޖޭގެ ރަށްތަކުގައި އިމާމުވެ ނަމާދުކުރުމާއި އިމާމުވެ ހުކުރު ނަމާދު ކުރުމުގެ ހުއްދަ ދެވޭނެއެވެ.

އިޝްތިހާރު Below Header ad

މިކަމުގެ ފުރުސަތަށް އެދޭ ފަރާތްތަކުން ވުޒާރާގެ ވެބްސައިޓުގައިވާ އިލެކްޓްރޯނިކް ފޯމް މެދުވެރިކޮށް ފޯމު ހުށަހެޅުމަށް ވުޒާރާއިން ވަނީ އަންގާފައެވެ. ފޯމާއި އެކު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެގެ ކޮޕީއާއި، ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި، ޤުރުއާން މުބާރާތަކުން ވަނަ ލިބިފަިއިވާ ނަމަ ސެޓްފިކެޓްގެ ކޮޕީއާއި، ސުކޫލުގައި އުޅޭ ނަމަ އެކަމުގެ ލިޔުމާއި، 18 އަހަރު ނުފިރޭނަމަ ބެލެނިވެރިޔާގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން ހުށަހަޅަން ޖެހެއެވެ.

ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ 29 ފެބްރުއަރީ 2024 ވަނަ ދުވަހުގެ 14:00 އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.