ސްޕޮންސާރޑް: ހުޅުމާލެ މެދު ދާއިރާއަށް ހުޅުވާލެވިފައިވާ ސިޓީ

بسم الله الرحمن الرحيم

އާދަމް އަޔާޛު އިބްރާހީމް
މ.މުސްޠަފާ އާބާދު

އިޝްތިހާރު Below Header ad

‘ހުޅުމާލެ މެދު ދާއިރާ’ގެ ލޮބުވެތި ރައްޔިތުންނަށް
ވެދުން ސަލާމަށްފަހު ދަންނަވަމެވެ.

އަޅުގަނޑަކީ މ. މުސްޠަފާ އާބާދު، އާދަމް އަޔާޛު އިބްރާހީމް (އިމްނާ އެޑަމް) އެވެ. އަޅުގަނޑަކީ މީގެ އަހަރުތަކެއް ކުރީން ފެށިގެންވެސް ހުޅުމާލޭގައި ދިރިއުޅެމުން އަންނަ، ހުޅުމާލޭގެ ކަންކަން ނުހަނު ގާތުން ދެކެމުން އަންނަ ފަރާތަކީމެވެ.

ކުރިއަށް އޮތް 2024 ވަނަ އަހަރު ބޭއްވޭ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، ހުޅުމާލެ މެދު ދާއިރާ ތަމްސީލުކުރާ މެމްބަރު ކަމަށް ކުރިމަތިލުމަށް އަޅުގަނޑު ނިންމާފައި ވާތީ، ތިޔަ އެންމެހާ ލޮބުވެތި ރައްޔިތުންގެ ތާޢީދު ދެއްވުން އެދި ދަންނަވަމެވެ.

ޚާއްސަކޮށް ހުޅުމާލެ މެދުދާއިރާގެ، އަދި ދިވެހި ރާއްޖޭގެ އެންމެހާ ލޮބުވެތި އަޚުންނާއި އުޚްތުންނަކީ، އިޤްތިޞާދީ ގޮތުން ފުދުންތެރި، ތަޢުލީމާއި ތަހުޒީބުގެ ގޮތުން ކުރިއަރާފައިވާ، ދީނީ އަދި އިޖްތިމާޢީ ގޮތުން ހަރުދަނާ، އަޚްލާޤު ރިވެތި، ދުޅަހެޔޮ، ޒަމާނީ ވަސީލަތްތަކާއި ކުރިއެރުންތަކާއި އެއްވަރަށް ފައިހަމަކޮށް، ރައްކާތެރި، ސާދާ ދިވެހިވަންތަ ދިރިއުޅުމެއް އުޅޭ ރައްޔިތެއް ކަމުގައި ވުމަކީ އަޅުގަނޑުގެ އެންމެ ބޮޑު އުއްމީދީ ތަޞައްވަރެވެ. މިތަޞައްވަރާއި އުއްމީދު ޙަޤީޤަތަށް ހެދުމުގައި، ތިޔަ ލޮބުވެތީންނާއި ގާތުން، މަޝްވަރާގެ އުޞޫލުގެ ތެރެއިން، ހަރުދަނާ ރޭވުންތެރި އުޞޫލުތަކެއްގެ މަތީން މަސައްކަތްކޮށް، ވަކި ފަރުދަކަށް ތަފާތު ކުރުމެއް، ބާކީކޮށް އެކަހެރި ކުރުމެއް ނެތި، އެއްހަމަ ފުރުސަތުތަކާއި ޙައްޤުތައް ލިބިދިނުމަށް ވަކާލާތު ކުރުމުގައި އަޅުގަނޑު ދެމިހުންނާނެ ވާހަކަ ދަންނަވަމެވެ.

ހުޅުވާލެވިފައިވާ، ދެފުށް ފެންނަ ނިޒާމަކީ އަޅުގަނޑު ޤަބޫލުކުރާ ރިވެތި ހިންގުމުގެ ނިޒާމު ކަމުގައި ވީހިނދު، ދާއިރާ ތަމްސީލުކޮށް، ދާއިރާގެ ޙައްޤުގައި ވަކާލާތުކޮށް އަޑުއުފުލުމުގައި، މިއުސޫލު އަޅުގަނޑު ހިފަހައްޓާނެ ކަމުގެ ޔަޤީންކަން އަރުވަމެވެ. ތިޔަބޭފުޅުންގެ ލަފަޔާއި، އަޑު އަޅުގަނޑަށް އިންތިހާއަށް މުހިއްމެވެ. ތިޔަބޭފުޅުންގެ ކަންބޮޑުވުންތައް އަޑުއަހައި، އަޅުގަނޑު ކުރާ މަސައްކަތްތަކާއި ނިންމާ ނިންމުންތައް ތިޔަ ލޮބުވެތީންނާއި ޙިއްސާކުރާނެ ކަމުގެ ޔަޤީންކަން އަރުވަމެވެ. ތިޔަ ލޮބުވެތީންގެ ކެނޑިޑޭޓެއްގެ ގޮތުގައި އަޅުގަނޑު އިޚްތިޔާރު ކުރައްވާނެ ކަމުގެ އުއްމީދާއެކު، އެކަމަށް އެދޭ ޙާލު، ވަރަށް ބޮޑަށް ޝުކުރު ދަންނަވަމެވެ.

 

އިޙްތިރާމާއި ޝުކުރިއްޔާ
10 ޑިސެމްބަރ 2023

 

Adam Sitee

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލުތައް: 2 ޚިޔާލު ލިބިފައިވޭ

ޚިޔާލު ފާޅުކުރައްވާ


ޚިޔާލުތައް:

ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.