ޕީޕީއެމް ޕީއެންސީގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ޓިކެޓަށް އެދޭ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފި

2024 ވަނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕީޕީއެމް ޕީއެންސީގެ ޓިކެޓުގައި ވާދަކުރުމަށް އެދޭ އެދެޕާޓީގެ މެމްބަރުންނަށް ފުރުސަތު ހުޅުވާލައިފިއެވެ. މިގޮތުން ކުރިމަތިލާ ފަރާތްތަކުގެ ޝަރުތު ތަކާއި ޢަމަލު ކުރަންވީ ގޮތް ބަޔާންކޮށް އެކޯލިޝަނުން މިއަދު ވަނީ އިޢުލާނެއް ނެރެފައެވެ.

ޕީޕީއެމް ޕީއެންސީއިން މަޖިލީހުގެ ޓިކެޓު ދިނުމަށް ހަމަޖެހިފައިވަނީ ކޯލިޝަން އުސޫލުންނެވެ. ކޯލިޝަންގެ ޓިކެޓަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުޠުތަކުގެ ތެރޭގައި ހިމެނެނީ؛
10 ޑިސްމްބަރު 2023 އާއި ހަމައަށް ޕީޕީއެމް ޕީއެންސީ ކޯލިޝަންގައި ހިމެނޭ ދެޕާޓީން ކުރެ ޕާޓީއެއްގެ މެމްބަރެއްގެ ގޮތުގައި ރަޖިސްޓްރީ ވެފައި އޮތުމާއި، އިންތިޚާބުގައި ވާދަ ނުކުރެވޭ ފަދަ އެއްވެސް ފިޔަވަޅެއް ޕާޓީގެ ފަރާތުން އެމީހަކަށް އަޅާފައި ނުވުމާއި، ޤާނޫނު އަސާސީ އާއި ޤާނޫނުތަކުން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލުމުގެ އެންމެހާ ޝަރުޠުތަކާއި މިންގަނޑުތަކަށް ފެތޭ މީހެއްކަމުގައި ވުމެވެ.

އިޝްތިހާރު Below Header ad

މިޝަރުޠު ތަކުގެ އިތުރުން ޓިކެޓު ދިނުމުގައި އިސްކަން ދިނުކުގައި ބަލާނެ ކަންތައް ތަކެއްވެސް ވަނީ ކަނޑައަޅާފައެވެ. އެގޮތުން އެމީހަކީ، އަބުރުވެރި ނަޒާހާތްތެރި ފަރާތެއް ކަމުގައި ވުމާއި، މަޖިލީހާއި ޚާއްސަ މަޖިލީހުގެ ތަޖުރިބާ ހުރި މިންވަރާއި، ޤާނޫނާއި ޤާނުނު އަސާސީއަށް ފަރިތަވެފައިވާ މިންވަރާއި، ޕާޓީއަށް ޚިދުމަތް ކޮށްފައިވާ މިންވަރު ބަލާނެ ކަމުގައު ކޯލިޝަނުން ވަނީ ހާމަކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ޕީޕީއެމް ޕީއެންސީގެ ކޯލިޝަނުގެ ޓިކެޓަށް ކުރިމަތިލާ ޝަރުޠު ހަމަވާ ފަރާތްތަކުން 7 ޑިސެމްބަރު 2023 އިން ފެށިގެން 11 ޑިސެމްބަރު 2023 ވަނަ ދުވަހުގެ ހަވީރު 6:00 ގެ ކުރިން އެކަމަށް އެދި ހުށަހަޅަން ޖެހޭ ފޯމު ހުށަހެޅުމަށް އެކޯލިޝަނުން ވަނީ އަންގާފައެވެ.

މީގެ އިތުރުން އެއްވެސް ދާއިރާއަކަށް ޕްރައިމަރީ އިންތިޚާބެއް ބާއްވަން ޖެހިއްޖެ ނަމަ، އެ ދާއިރާތަކުގެ ޕްރައިމަރީ 23 ޑިސެމްބަރު 2023 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 އިން ހަވީރު 4:00 އަށް ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި މިކަމަށްޓަކައި ނަންތައް ތަރުތީބުކުރުމަށް ހަމަޖެހިފައިވަނީ ފޯމު ހުށަހަޅާ ތަރުތީބުންނެވެ. އަދި ޕްރައިމަރީގައި ވޯޓު ލެވޭނީ 10 ޑިސެމްބަރު 2023 ގެ ނިޔަލަށް ކޯލިޝަންގެ ޕާޓީއެއްގެ މެމްބަރެއްގެ ގޮތުގައި ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.