ފަގީރުންގެ ދަފްތަރުގައި ހިމެނޭ މީހުން ހާލަތު ދެނެގަންނަ ފޯމް ހުށަހަޅަން އަންގައިފި

ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ހިމެނޭ މީހުން ހާލަތު ދެނެގަންނަ ފޯމް ހުށަހެޅުމަށް އަންގައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި ފޯމު ހުށަހަޅަންޖެހެނީ 2021 އަދި 2022 ވަނަ އަހަރުގެ ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ހިމެނޭ މީހުންނެވެ.

އިޝްތިހާރު Below Header ad

ހާލަތު ދެނެގަންނަ ފޯމު ހުށަހަޅަންޖެހެނީ ކުރިއަށް އޮތް ޑިސެމްބަރު 25 ވަނަ ދުވަހުގެ މެންދުރު 12:00ގެ ކުރިން އިސްލާމިކް މިނިސްޓްރީ އަށެވެ.

ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު ތިންވަނަ ދުވަހުން ފެށިގެން ރަސްމީ ދުވަސްތަކުގައި ހެނދުނު 9:15 އިން 11:45 އަށެވެ.

ދަފްތަރުގައި ހިމެނޭ މީހުންގެ ތެރެއިން ހާލަތު ދެނެގަންނަ ފޯމު ކޮންމެހެން ހުށަހަޅަންޖެހޭ ފަރާތްތަކުގެ ތެރޭގައި ދަފްތަރުގައި ހިމަނާފައި ވަނިކޮށް ރަޖިސްޓްރީވެފައިވާ ރަށް ނޫން އެހެން ރަށަކަށް ދިރިއުޅުން ބަދަލުކޮށްފައިވާ މީހުންނާއި، ކައިވެނީގެ ހާލަތަށް ބަދަލު އައިސްފައިވާ މީހުންނާއި، ވަޒީފާ ލިބި ދިިރިއުޅުމުގެ ހާލަތު ބަދަލުވެފައިވާ މީހުން ހިމެނެ އެވެ. އަދި ދަފްތަރުގައި ހިމަނާފައި ވަނިކޮށް 18 އަހަރު ފުރިފައިވާ ފިރިހެނުންނާއި 65 އަހަރު ފުރިފައިވާ މީހުންނާއި އަންނަ މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް 18 އަހަރު ފުރޭ ފިރިހެނުން ނުވަތަ 65 އަހަރު ފުރޭ މީހުންނާއި އާއިލާތައްވެސް ހާލަތު ދެނެގަންނަ ފޯމު ހުށަހަޅަން މިނިސްޓްރީން ވަނީ އަންގާފަ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިހާރު ދީފައިވާ މުއްދަތުގެ ތެރޭގައި ހާލަތު ދެނެގަންނަ ފޯމު ހުށަހަޅާފައި ނުވާ މީހުން ފަގީރުންނާއި މިސްކީނުންގެ ދަފްތަރުން އުނިކުރާނެ ކަމަށެވެ.

ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި 8،000 އަށް ވުރެ ގިނަ ފަގީރުންނާއި މިސްކީނުން އެބަތިއްބެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.