ޑރ. ޖަމީލް، ޕީޕީއެމް އިން ވަކިވެވަޑައިގެންފި

ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ޕީޕީއެމް އިން ވަކިވެވަޑައިގެންފި އެވެ.

ޑރ. ޖަމީލް ޕީޕީއެމް އިން ވަކިވެވަޑައިގެންފައި މިވަނީ ޑރ. މުހައްމަދު މުއިއްޒު، ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ހުވާކުރެއްވުމަށްފަހު ޕީޕީއެމްގެ ހިންގުން ހުއްޓުވައި އަދި ރައީސް އަބްދުﷲ ޔާމީނާ މެދު އަމަލުކޮށްދެއްވާނެ ކަމަށް ކުރިން ވައުދުވެވަޑައިގެންނެވި ގޮތަށް އަމަލުކުރައްވަމުން ނުގެންދަވާ ކަމަށް ވިދާޅުވެ ޑރ. މުއިއްޒަށް ފާޑުވިދާޅުވުމަށްފަހު އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ރައީސް ޔާމީންގެ ގާނޫނީ ޓީމުގައި އިސްކޮށް ހުންނެވި ގާނޫނީ ވަކީލް ޑރ. ޖަމީލް ވަނީ ރައީސް ޔާމީން ޕީޕީއެމް އިން ވަކިވެވަޑައިގެން އާ ސިޔާސީ ޕާޓީއެއް އުފެއްދެވުމަށް ނިންމަވާފައިވާ ކަމަށް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އިއުލާންވެސް ކުރައްވާފަ އެވެ.

ރައީސް ޔާމީން އިސްވެ ހުންނަވައިގެން އުފައްދަވާ އާ ސިޔާސީ ޕާޓީ އުފެއްދެވުމުގެ ހުއްދައަށް އެދިވަޑައިގެން މާދަމާ އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމަށްވެސް މިހާރު ވަނީ ނިންމަވާފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލުތައް: 2 ޚިޔާލު ލިބިފައިވޭ

ޚިޔާލު ފާޅުކުރައްވާ


ޚިޔާލުތައް:

  1. ޖަމީލު އާއި މަލީހު ވެގެން ޕާޓީޢެއް އުފެއްދެން އޮތް އެންމެ ފަސޭހަ ގޮތަކީ ރ ޔާމީންގެ ބޮލަށް ޗިޕް ޖަހައިގެން ޕާޓީއެއް އުފެއްދުން އެހެންވީމަ ކިތަންމެ ހަރުދަނާ ދުރުވިސްނޭ ބޭފުޅަކަށްވިޔަސް ޔާމީން އެހެރީ މޮޔަ ހައްދާފަ ތިޔަ ކިޔަން އުޅޭ ނަންވެސް ހިއެއް ނުވޭ ފާސް ވާނެހެނެއް ވ ޕއެންސަި އާ ވައްތަރު ވީމަ

ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.