އެސްއޯއީ ތަކަށް ފައިސާއެއް ނެތް!

ދައުލަތުގެ ކުންފުނިތަކުގެ ތެރެއިން ސަރުކާރުގެ ވައުދުތައް ފުއްދުމުގެ ގޮތުން ޕްރޮޖެކްޓްތައް ހިންގާ ކުންފުނިތަކުގެ ޙާލަތު ވަރަށް ގޯސް ކަމަށް އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިންތިގާލީ ސްޕޯކްސްޕާސަން މުހައްމަދު ފިރުޒުލް ވިދާޅުވެއްޖެ އެވެ.

ޓްރާންސިޝަން މަރުހަލާގައި މަސައްކަތް ކުރަމުންދާ ޓީމުތަކުން ދައުލަތުގެ މުއައްސަސާއަކަށާއި ކުންފުނިތަކަށް ޒިޔާރަތްކޮށް ހާލަތު އޮޅުންފިލުވުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

އިޝްތިހާރު Below Header ad

މި މަސައްކަތުގެ އެންމެ ފަހުގެ އަޕްޑޭޓް ހާމަކުރުމަށް އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިރުޒުލް ވިދާޅުވީ ދައުލަތުގެ ކުންފުނިތަކުން މަޝްރޫޢުތައް ހިންގުމަށްފަހު ލިބެން ޖެހޭ ފައިސާ ނުލިބި ބޮޑު އަދަދުތަކެއް ހުރި ކަމަށް ފާހަގަކުރެވިފައިވާ ކަމަށެވެ. ކޭޝް ފްލޯ ދަތިވުމުގެ ސަބަބުން މިއަހަރުގެ ބާކީ އޮތް ދެ މަހު އެ ކުންފުނިތަކުގެ އޮޕަރޭޝަންތައް ހިންގޭނީ ފައިސާ އަޅައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

މި ކޭޝް ފްލޯގެ ދަތިކަމުގެ ސަބަބުން އެބޭފުޅުން މިއަހަރު ނިންމާލާއިރު، ކުރިއަށް އޮތް ދެމަހުގެ ޑެއިލީ އޮޕަރޭޝަން ހިންގުމަށްޓަކާ ހަމަ ކޮންމެހެންވެސް ވަރަށް ބޮޑެތި އަދަދުތަކުން ކޭޝް ފްލޯ އިންޖެކްޓް ކުރަން ޖެހޭނެ ކަމަށް އަޅުގަނޑުމެންނަށް ލަފާ ކުރެވޭ..

ފިރުޒުލް ވިދާޅުވިއެވެ.

މިއީ ރިޔާސީ އިންތިހާބުގެ ކުރިން ވެސް އިދިކޮޅުން ދައްކަމުން ދިޔަ ވާހަކަތަކެއްކަން ވެސް ފިރުޒުލް ފާހަގަކުރެއްވި އެވެ.

ފިރުޒުލް އިތުރަށް ފާހަގަކުރެއްވި ގޮތުގައި ހާއްސަ ޤާނޫނުތަކުގެ ދަށުން މުސްތަޤިއްލު، ޢިލްމީ އަދި ފަންނީ މަސައްކަތް ކުރުމަށް ޤާއިމްކޮށްފައިވާ މުއައްސަސާތަކުން ލިބުނު އެންމެ ބޮޑު ޝަކުވާއަކީ މިނިވަން އެ މުއައްސަސާތަކަށް ސިޔާސީ ނުފޫޒު ވަނުމުގެ ސަބަބުން ހަގީގީ މާނައިގައި ގާނޫނުން އެ މުއައްސަސާތަކަށް މަތިކޮށްފައިވާ ޒިންމާތައް އަދާ ނުކުރެވުމެވެ.

އަދި އެތަންތަނަށް ލިބެންޖެހޭ ބަޖެޓާއި ވަސީލަތްތަކުގެ އިތުރުން އިންސާނީ ވަސީލަތްތައް ނުލިބޭ ކަމެވެ. އެހެންވެ އެ ތަންތަން ހިންގަން ޖެހޭ ގޮތުގައި ނުހިނގާކަން ފިރުޒުލް ފާހަގަކުރެއްވި އެވެ.

ވެރިކަން ބަދަލުވާއިރު ދައުލަތުގެ މުއައްސަސާތަކުގެ މަސައްކަތް ކުރިއަށްދާ ގޮތާއި ހާލަތު އޮޅުން ފިލުވުމުގެ މަސައްކަތް ކުރިއަށްދާއިރު، ހުރިހާ ތަނެއްގެ ވެރިންގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބޭ ކަމަށް ވެސް ފިރުޒުލް މިއަދު ފާހަގަކުރެއްވި އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.