ޒަޔަނިސްޓުންނަށް އަމާންކަން ލިބޭ ތަނަކަށް ދިވެހި ގޮނޑުދޮށްތައް ހަދައިގެން ނުވާނެ! : ޝެއިޚް ސަމީރު

ޒަޔަނިސްޓް ދައުލަތުގެ ޕާސްޕޯޓު އޮންނަ މީހުނަށް ރާއްޖެއިން ވިސާ ދިނުން ހުއްޓާލަން ޖެހޭ ކަމަށް ޝެއިޚް ސަމީރު ވިދާޅުވެއްޖެއެވެ.

ފަލަސްތީނުގެ ބިން ފޭރިގަބެގެން ތިބި ޓެރަރިސްޓު ދައުލަތް، އިސްރާއީލުން ފަލަސްޠީނުގެ ރައްޔިތުން އެބިމުން ނެރެ، ވަރުގަދަ ހަމަލާތައް ކެނޑި ނޭޅި ދަނީ ދެމުންނެވެ.

އިޝްތިހާރު Below Header ad

މިކަމާއި ގުޅުވައި ޝެއިޚް ސަމީރު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ،
،ފަލަސްޠީނުގެ ބިން ފޭރިގަނެ، އެތަނުގެ ރައްޔިތުން ރަށުން ބޭރުކޮށް، އަޅުވެތިކޮށް އެމީހުންގެ ގެދޮރު ސުންނާފަތިކޮށް، މަސްޖިދުލް އަޤްޞާގެ ޙުރުމަތް ކަނޑައި، އެންމެ ފަހުން ޣައްޒާގެ ލޮބުވެތި މުސްލިމު އަޚުންނާއި އުޚުތުން، އަސާސީ ހުރިހާ ޙައްޤަކުން މަޙްރޫމުކޮށް، އަލިފާނުގެ އަނދަވަޅެއްގައި ހައްޔަރުކޮށް، ޤަތުލުޢާންމު ހިންގަމުން؛ މުޖާހިދުންގެ ޙަމަލާތަކުން ޒަޔަނިސްޓުންނަށް އަމާންކަން ލިބޭ ތަނަކަށް ދިވެހި ގޮނޑުދޮށްތައް ހަދައިގެން ނުވާނެ ކަމަށާއި ޒަޔަނިސްޓު ދައުލަތުގެ ޕާސްޕޯޓު އޮތް މީހުންނަށް ވިސާދިނުން ހުއްޓާލަންޖެހޭ ކަމަށެވެ.

ފަލަސްޠީނުގެ ދިފާޢުގައި ހަނގުރާމަ ކުރަމުންދާ ހަމާސް ފަދަ މުސްލިމް މުޖާހިދުންގެ ޙަމަލާތަކުން ރެކި ސަލާމަތްކަން ހޯދަން ފަތުރުވެރިންގެ ގޮތުގައި އިސްރާއީލުގެ އެތައް ބަޔަކު ރާއްޖެ އަންނަމުން ދާކަމަށާއި، އިސްރާއީލު މީހުން ރާއްޖެ އައުން މަނާ ކުރުމަށް އެތައް ބަޔަކު ދަނީ މީސްމީޑިއާގައި ގޮވާލަމުންނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.