ސަޢޫދީ އަރަބިއްޔާގެ 300 ސްކޮލަރޝިޕަކަށް އެދުމުގެ ފުރުސަތު ރާއްޖެއަށް ހުޅުވާލައިފި !

ސަޢޫދީ ޢަރަބިއްޔާގެ އެޑިއުކޭޝަން މިނިސްޓްރީން ރާއްޖެއަށް ދީފައިވާ 300 އަށް ވުރެ ގިނަ ސްކޮލަޝިޕްއަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ސައުދީން ކޮށްފައިވާ އިޢުލާނުގައިވާ ގޮތުން، މި ސްކޮލަޝިޕްގެ ދަށުން ކޮމްޕިއުޓަރ ސައިންސް، އެގްރިކަލްޗަރ، އެޑިއުކޭޝަނަލް ސްޕެޝިއަލިޓީސް، އިސްލާމިކް އެންޑް އަރަބިކް ލެންގްއޭޖް، އިންޖިނިއަރިންގް، ޕޮލިޓިކްސް، އިކޮނަމީ، ޝަރީއާއިންލޯ، ބިޒްނަސް މެނޭޖްމެންޓް އަދި މީޑިޔާ ދާއިރާއިން ކިޔެވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

އިޝްތިހާރު Below Header ad

އަދި މި ސްކޮލަޝިޕް ފުރުސަތަށް ޝައުގުވެރިވާ ފަރާތްތަކުން، އޮންލައިން ޕޯޓަލް
މެދުވެރިކޮށް ރަޖިސްޓްރީ ކުރުމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެދިފައެވެ.
ޕޯޓަލްގެ ލިންކް:
https://studyinsaudi.moe.gov.sa/
މި ކޯސްތަކަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކޯސް ހިންގާ އިންސްޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އިން ޤަބޫލު ކުރާ އިންސްޓިއުޓެއްތޯއާއި، ހޮވިފައިވާ ކޯހަކީ އެމްކިޔުއޭ އިން ޤަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރުމަށް ދިވެހިރާއްޖޭގެ ހަޔާ އެޑިއުކޭޝަނުން އެދިފައިވެއެވެ.

އަދި ޕްރޮފެޝަނަލް ނުވަތަ ލައިސެންސިންގ ދާއިރާތަކުގެ ކޯސް ހެދުމަށް ހޮވޭ ފަރާތްތަކުން ކޯހަށް ފުރުމުގެ ކުރިން ކަމާއިބެހޭ އިދާރާ ތަކުން ޤަބޫލުކުރާ މަރުކަޒުތަކުން ނުވަތަ އިދާރާއަކުން ޤަބޫލުކުރާ ކޯހެއްތޯ ކަށަވަރުކުރަން ވަނީ އިލްތިމާސްކޮށްފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.