މަނަދޫ ބަނދަރު ސަރަޙައްދުގައި މިސްކިތެއް އިމާރާތްކުރުމަށް ދޫކޮށްފައިވާ ބިން މަނަދޫ ކައުންސިލަށް ނަގަން ނިންމައިފި !

ނ.މަނަދޫ ބަނދަރު ސަރަޙައްދުގައި މިސްކިތެއް ޢިމާރާތް ކުރުމަށް ދޫކޮށްފައިވާ ބިނަ، މަނަދޫ ކައުންސިލަށް ނެގުމަށް ނިންމައިފި އެވެ. މިކަން ހާމަކޮށް މަނަދޫ ކައުންސިލުން ބުނެފައި ވަނީ، މިއީ އެސަރަޙައްދުގައި މިސްކިތެއް ޢިމާރާތް ކުރުމަށްޓަކައި އިސްލާމިކް މިނިސްޓްރީއާއި އެކު ވެވިފައިވާ އެއްބަސްވުމުގެ ދަށުން އަމިއްލަ ފަރާތަކަށް ދޫކުރެވިފައިވާ ބިމެކެވެ.

ކައުންސިލުން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، މިބިން އަނބުރާ ނަގަން ނިންމީ، މިސްކިތް އެޅުމަށް ދެވިފައިވާ މުއްދަތު ހަމަވީ އިރިވެސް، މިސްކިތް އެޅުމުގެ އެއްވެސަ މަސައްކަތެއް ހިނގަމުން ނުދާތީއެވެ. އަދި މިސްކިތް އެޅުމުގެ މަސައްކަތް ކުރިއަށް ގެންދެވުމަށް އެދި އިސަލާމިކް މިނިސްޓްރީއާއިވެސް، އަދި މިސްކިތް އިމާރާތް ކުރާ ފަރާތާވެސް އެތައް ފަހަރަކު މުޢާމަލާތް ކޮށްފައި ވާނެ ކަމަށްވެސް ކައުނަސިލުނަ ބުންޏެވެ.

އިޝްތިހާރު Below Header ad

ކައުންސިލްގެ ފަރާތުން މިނިސްޓްރީ އަދި މަސައްކަތް ކުރާ ފަރާތާއި އެތައް ފަހަރަކު މުޢާމަލާތް ކުރުމުންވެސް، ދެފަރާތުންވެސް އެދެވޭ ޖަވާބެއް ކައުންސިލަށް ނުލިބުމުން، މިސްކިތް އިމާރާތް ކުރުމަށަ ދީފައިވާ ބިން އަނބުރާ ނެގުމަށް ނިންމީ ކައުންސިލުގެ 87 ވަނަ ޖަލްސާއިންނެވެ. އަދި މިބިން އަނބުރާ ކައުންސިލަށް ނެގި ނަމަވެސް، އެ ސަރަޙައްދުގައި މިސްކިތް އެޅުމަށް ކައުންސިލްގެ ފަރާތުން މަސައްކަތް ކުރާނެ ކަމުގައި އެކައުންސިލުން ވަނީ ބުނެފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.