ރިޔާސީ އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާނުކޮށްފި

ރިޔާސީ އިންގިހާބުގެ ދެވަނަ ބުރުގެ ރަސްމީ ނަތީޖާ އިލެކްޝަންސް ކޮމިޝަނުން މިރޭ އިއުލާނުކޮށްފި އެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ކާމިޔާބު ކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓް އަދި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އެވެ. އެމަނިކުފާނާ ވާދަކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓު އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެވެ.

އިޝްތިހާރު Below Header ad

އިލެކްޝަނުން އިއުލާނުކޮށްފައިވާ ރަސްމީ ނަތީޖާ އަށް ބަލާއިރު ވަގުތީ ނަތީޖާ އާ ތަފާތެއް ނެތެވެ. އެގޮތުން ރަސްމީ ނަތީޖާ ދައްކާ ގޮތުން މުއިއްޒު އަށް ލިބިވަޑައިގެންފައިވަނީ 129،159 ވޯޓެވެ. އެއީ ވޯޓުގެ 54.04 ޕަސެންޓެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންނެވީ 109،868 ވޯޓެވެ. އެއީ އެއީ ވޯޓުގެ 45.96 ޕަސެންޓެވެ.

މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 282،804 މީހުން ތިބި ނަމަވެސް ވޯޓުލާފައިވަނީ 246،915 މީހުންނެވެ. ރަސްމީ ނަތީޖާ ދައްކާގޮތުން އިންތިހާބުގައި ލީ ސައްހަ ވޯޓުގެ އަދަދަކީ 239،027 އެވެ. ބާތިލު ވޯޓުގެ އަދަދަކީ 7،888 އެވެ.

ވަގުތީ ނަތީޖާ ދައްކާ ގޮތުންވެސް މުއިއްޒު އިންތިހާބުވެ ވަޑައިގަތީ 54 ޕަސެންޓް ވޯޓުންނެވެ. އެއާއެކު ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ކަންކަން ފުރިހަމަކުރުމަށް ރައީސް ސޯލިހު ވަނީ ޓްރާންސިޝަނަލް ކޮމެޓީއެއްވެސް އުފައްދަވާފަ އެވެ. މި ކޮމިޓީގެ މަސައްކަތް ފަށާނެ ކަމަށް ބުނެފައިވަނީ އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާނުކުރުމުންނެވެ.

އިންތިހާބީ ރައީސް، ޑރ. މުއިއްޒު ރައީސްކަމުގެ ހުވާ ކުރެއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 17ގަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.