![FB IMG 1696325453309 jpg](/wp-content/uploads/2023/10/FB_IMG_1696325453309-jpg.webp)
ރައީސް ނަޝީދާއި މުއިއްޒު ބައްދަލުކުރައްވައިފި
ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު އިންތިހާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުއާއި ބައްދަލު ކުރައްވައިފިއެވެ.
މި ބައްދަލު ކުުރެއްވުން އޮތީ މަޖިލީސް ކުރާ ގެކޮޅުގައެވެ. މި ބައްދަލު ކުރެއްވުމުގައި އެމަނިކުފާނުގެ ނައިބު ހުސައިން މުހައްމަދު ލަތީފާއި އިދިކޮޅު ކޯލިޝަންގެ އިސް ބޭބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
މިބައްދަލުކުރެއްވުމުގައި ޑރ. މުޢިއްޒު ވަނީ ވެރިކަން ބަދަލުކުރުމުގެ މަރުހަލާގައި ޤާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން ކުރުމަށް މަޖިލީހުން ދެއްވަންޖެހޭ އެއްބާރުލުންން ދެއްވުމަށް އެދިވަޑައިގަންނަވާފައެވެ. އަދި މަޖިލީހުގެ ރައީސް، ނަޝީދު ވަނީ މަޖިލީހުން ދޭންޖެހޭ އެއްބާރުލުމެއް ދެއްވާނެކަމުގެ ޔަޤީންކަން ޑރ. މުޢިއްޒަށް އަރުވާފައެވެ.
މިބައްދަލުކުރެއްވުމަށް މަޖިލީހުގެ އިދާރާއަށް ވަޑައިގެންނެވުމަށްފަހު ޑރ.މުޢިއްޒު ވަނީ މެހެމާނުން ސޮއިކުރައްވާ ފޮތުގައި، ސޮއިކުރައްވާފައެވެ.