ޚާރިޖީ ސިޔާސަތަކީ “ޕްރޯ މޯލްޑިވްސް” ސިޔާސަތު – ޑރ.މުޢިއްޒު

ރާއްޖޭގެ ޚާރިޖީ ސިޔާސަތު ކުރިއަށް އޮތްތާގައި ގެންގުޅުއްވާނީ ދިވެހިގައުމުގެ މިނިވަންކަމާއި ސިޔާސަތު ދަމަހައްޓައި ދިވެހިންގެ މަސްލަޙަތު ޙިމާޔަތްކުރާނެ ސިޔާސަތެއްކަމަށް އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމަށްފަހު އުފާފާޅުކުރުމަށް ރޭ މާލޭގެ ސޯޝަލް ސެންޓަރުގައި ބޭއްވި އެއްވުމުގައި ޑރ.މުޢިއްޒު ވިދާޅުވީ ދިވެހިން އެމަނިކުފާނަށް ވޯޓު ދިނީ ދިވެހިންގެ މިނިވަންކަމުގެ ދިފާޢުގައިކަމަށާއި، ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެންން ރައްޔިތުންގެ ގާތު ވެވަޑައިގެންނެވި ވައުދު ފުއްދެވުމުގެ މަސައްކަތް ފަށްޓަވައިގަންނަވާނެ ކަމަށެވެ.

އިޝްތިހާރު Below Header ad

އެމަނިކުފާނުގެ ސަރުކާރެއްގައި ބޭރުގެ ގައުމުތަކާއި ގުޅުން ބަދަހިކުރައްވާއިރު ކުރިއަށް ނެރުއްވާނީ ދިވެހި ގައުމުގެ މަސްލަހަތު އިސްކުރާ ސިޔާސަތެއް ކަމުގައިވެސް ވިދާޅުވިއެވެ.

ދިވެހި ގައުމުގެ މިނިވަންކަމާއި މަސްލަހަތަށް އިޙްތިރާމްކުރާ ޤައުމުތަކާއެކު އެމަނިކުފާނުގެ ސަރުކާރެއްގައި ވަރަށް ގާތް ރަޙުމަތްތެރި ގުޅުމެއް ބާއްވަމުންދާނެކަމަށް ޑރ.މުޢިއްޒުވަނީ ވިދާޅުވެފައެވެ. އަދި ވިދާޅުވީ އުއްމީދު ކުރައްވަނީ އެހެންގައުމުތަކަކީވެސް ރާއްޖޭގެ އަމިއްލަވަންތަކަމަށް އިހްތިރާމްކުރާ، އެހެން ގައުމުތަކެކޭ އެއްގޮތަށް ގައުމުގެ މިނިވަންކަން ހިމާޔަތްކުރަން ދިވެހިންނަށްވެސް ފުރުސަތު އޮންނަޖެހޭނެކަމަށް ގަބޫލުކުރާ ގައުމުތަކަކަށް ވުމެވެ.

“އަޅުގަނޑުމެންގެ ޚާރިޖީ ސިޔާސަތަކީ ޕްރޯ މޯލްޑިވްސް ސިޔާސަތު. ޕްރޯ މޯލްޑިވްސް ސިޔާސަތަށް ތަބާވާ ހުރިހާ ޤައުމަކާއެކު އަޅުގަނޑުމެންނާ ވަރަށް ގާތް ރަޙުމަތްތެރި ގުޅުމެއް ބާއްވާނަން.” ޑރ.މުޢިއްޒު ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.