އެމްޑީޕީން މުޅި ރާއްޖޭގައި ދޮރުން ދޮރަށް ހިނގުމުގެ ޙަރަކާތެއް ހިންގަނީ

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ކެމްޕެއިންކުރުމުގެ ގޮތުން އެމްޑީޕީން މުޅި ރާއްޖޭގައި “ދޮރުން ދޮރަށް” ހަރަކާތް ހިންގުމަށް ހަމަޖެހިއްޖެއެވެ.

އެގޮތުން ހޮނިހިރު ދުވަހުގެ ހަވީރު 4ން 6ށް އެމްޑީޕީން މުޅި ރާއްޖޭގައި “ދޮރުން ދޮރަށް” ހަރަކާތް ކުރިޔަށްގެންދާނެކަމަށް އެޕާޓީން ބުނެއެވެ.

އިޝްތިހާރު Below Header ad

ފުރަތަމަ ބުރުން ލިބުނު ނަތީޖާއާއެކު އެމްޑީޕީން ވަނީ ކުރިން ރިޔާސީ އިންތިޚާބަށް ކެމްޕެއިން ކުރަމުންދިޔަ ގޮތް ބަދަލުކުރުމަށްފަހު ރައްޔިތުންނާ ކައިރިއަށް ގޮސް ކެމްޕެއިން ކުރުމުގެ ހަރަކާތްތައް ކުރިޔަށްގެންދަން ފަށާފައެވެ. މިގޮތުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ގެންދަވަނީ މާލޭގެ އެކި ސަރަހައްދުތަކަށް ދޮރުން ދޮރަށް ވަޑައިގެން ރައްޔިތުންގެ ހާލަތު ކައިރިން ބައްލަވަމުންނެވެ.

މިހާތަނަށް ރައީސް ވަނީ މާފަންނުގެ ބައެއް ސަރަހައްދުތަކުގެ ގެތަކަށާއި ހެންވޭރު އުތުރު އަދި ދެކުނުގެ ބައެއް ގެތަކަށް ޒިޔާރަތް ކުރައްވާފައެވެ. އަދި މެދު ހެންވޭރާއި ހެންވޭރު ހުޅަނގުގެ ބައެއް ގޭގެއަށް ވަޑައިގެންނެވުމުގެ އިތުރުން މާފަންނު ހުޅަނގު ދާއިރާގެ ދޮރުން ދޮރަށް ހަރަކާތް ކުރިޔަށްގެންދަވާފައިވެއެވެ. އަދި ހުކުރު ދުވަހު ވިލިމާލެއަށްވެސް ވަޑައިގަންނަވާފައިވެއެވެ.

ރައީސްގެ އިތުރުން ރައީސްގެ އަނބިކަނބަލުން ފަޒްނާ އަހުމަދާއި ސަރުކާރުގެ ވަޒީރުންވެސް ގެންދަވަނީ ދޮރުން ދޮރަށް ހަރަކާތް ކުރިޔަށްގެންދަވަމުންނެވެ.

ފުރަތަމަ ބުރުގެ ނަތީޖާއާއެކު ރައީސް ޞާލިހު ވިދާޅުވެފައިވަނީ ފުރަތަމަ ބުރުގައި ހެދުނު ގޯސްތައް ރަނގަޅުކޮށް ދެވަނަ ބުރަކަށް އެމްޑީޕީ އާއި ގުޅިފައިވާ ކޯލިޝަނުން ރަނގަޅަށް ތައްޔާރުވެފައިވާކަމަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ޚިޔާލުތައް:

  1. އިސްލމީ ގައުމެއްގެ ވެރިޔަކަށް އިބޫ ސޯލިހު ހޮވަން ހެޔޮނުވާނެ މިރާއްޖޜގަ އެންމެނުބައި ޢަމަލުތައް ހިންގީ މީނާގެ ސަރުކާރުގަ މީނާ ހުރީ ހަނު ހުރިހާ ނުބައި ކަމަކަށް ޖާގަ ދީގެން ޗުޕްވެް ނުބުނެ

ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.