އިލްހާމް އެމްޑީޕީއަށް ސޮއި ކުރައްވައިފި!

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެޑްވައިޒަރު އަދި ދަނގެތި ދާއިރާގެ ކުރީގެ މެމްބަރު އިލްހާމް އަހުމަދު ސަރުކާރު ހިންގާ އެމްޑީޕީއާ ރޭ ގުޅިވަޑައިގެންފިއެވެ.

އިލްހާމް އެމްޑީޕީއަށް ސޮއި ކުރެއްވީ ރައީސް ޞާލިޙާ އެކު، މާވެޔޮ މަގުގައި ބޭއްވި ހުވަދޫ ކަންމަތީ ބައްދަލުވުމުގައެވެ. އިލްހާމް ސޮއި ކުރެއްވުމަށްފަހު ވަނީ ރައީސް ޞާލިހު ދެވަނަ ދައުރަކަށް އިންތިޚާބު ކޮށްދެއްވުމަށް ކުރެއްވެން އޮތް ހުރިހާ މަސައްކަތެއް ކޮށް ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

އިޝްތިހާރު Below Header ad

އިލްހާމް ސިޔާސީ ދާއިރާއަށް ނުކުންނެވީ 2009 ވަނަ އަހަރު ޑީއާރްޕީންނެވެ. އޭނާ ވަނީ ޑީއާރްޕީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރައްވައި ގެމަނަފުށީ ދާއިރާގެ ގޮނޑި ކާމިޔާބު ކުރައްވާފައެވެ. ޑީއާރްޕީގައި ފެކްޝަން އުފެދިގެން ދިޔައިރު، “ޒެޑް-ފެކްޝަން” ލީޑު ކުރެއްވުމުގައި އިލްހާމް އިސް ދައުރެއް އަދާކުރެއްވިއެވެ. އަދި ފަހުން ޕީޕީއެމްގެ ނައިބު ރައީސްކަން ވެސް ކުރެއްވިއެވެ.

ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެން، 2014 ވަނަ އަހަރު އިލްހާމް ވަނީ ދަނގެތި ދާއިރާގެ މަޖިލިސް މެމްބަރު ކަމަށް ވާދަ ކުރައްވައި އެ ދާއިރާގެ ގޮނޑި ކާމިޔާބު ކުރައްވާފައެވެ. އެ ޕާޓީގެ ޓިކެޓުގައި 2019 ވަނަ އަހަރު އުނގޫފާރު ދާއިރާއަށް ވާދަ ކުރެއްވުމުން ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންނެވިއެވެ. އެމްޑީޕީއަކީ އިލްހާމް ގުޅިވަޑައިގެންނެވި ހަތަރު ވަނަ ސިޔާސީ ޕާޓީއެވެ.

ރޭގެ ޖަލްސާގައި އިލްހާމް ވިދާޅުވީ، އެމއޑީޕީގެ ޕޯޑިއަމަށް އަންނަން ޖެހިދާނެކަމަށް ދުވަހަކުވެސް ހީނުކުރާކަމަށާއި ނަމަވެސް މިއައީ ދާއިމަށްކަމަށެވެ. މީގެ އިތުރުން ޕީޕީއެމް އަށް ފާޑު ވިދާޅުވަމުން އިލްހާމް ވިދާޅުވީ 2018 ގެ ޓޭޕް ރިވައިންޑްކޮށްލާ އިރު ވަރަށް ހުތުރު ކަމަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.