ރަށުން ބޭރުގައި މަސައްކަތްކުރާ ޕްރިންސިޕަލުންނަށް 7،000ރ. ދޭން ނިންމައިފި

ރަށުން ބޭރުގައި މަސައްކަތްކުރައްވާ ޕްރިންސިޕަލުންނަށް 7000ރ. ގެ އެލަވަންސެއް ދޭން ނިންމައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނީ އަމިއްލަ ރަށް ނޫން އެހެން ރަށެއްގައި ވަޒީފާ އަދާކުރާ ޕްރިންސިޕަލުންނަށް “ރޫރަލް ރިޓެންޝަން ޕޮލިސީ” ގެ ދަށުން އެލަވަންސެއް ދޭން ނިންމާފައިވާ ކަމަށެވެ.

އިޝްތިހާރު Below Header ad

އަދި އެ ޕޮލިސީގެ ދަށުން އެލަވަންސް ދޭން ޝަރުތު ހަމަވާ ޕްރިންސިޕަލުންނާ، މިނިސްޓަރ، ޑރ އާއިޝަތު ޢަލީ އިއްޔެ ބައްދަލުވުމެއް ބާއްވާފައިވާ ކަމަށާ، މި ބައްދަލުކުރެއްވުމުގައި އެ ޕޮލިސީ އާއި ގުޅޭ އިތުރު މަޢުލޫމާތު ޕްރިންސިޕަލުންނާ ހިއްސާކުރައްވާފައިވާ ކަމަށެވެ. 

ރަށުން ބޭރުގައި މަސައްކަތްކުރާ ޕްރިންސިޕަލުންނަށް މީގެ ކުރިން ވެސް ވަކި އެލަވަންސެއް ދިނެވެ. އެކަމަކު، މިދިޔަ އަހަރުގެ މެއި މަހު އަމަލުކުރަން ފެށި ވަޒީފާގެ އާ އޮނިގަނޑުގައި ރަށުން ބޭރުގެ އެކޮމަޑޭޝަން ވަނީ އުނިކޮށްފަ އެވެ. އެކަމުގެ ކަންބޮޑުވުންތައް ބައެއް ޕްރިންސިޕަލުން ވެސް އޭރު ފާޅުކުރި އެވެ.

އެހެން ރަށެއްގައި މަސައްކަތްކުރާ ޕްރިންސިޕަލަކަށް އޭރު އެލަވަންސްގެ ގޮތުގައި 9،000ރ. ދިނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.