ޖޭޕީގެ ސެކެޓްރީ ޖެނެރަލަކަށް އަޒްލީން

ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އެ ޕާޓީގެ ލީޑަރުގެ ސްޕެޝަލް އެޑްވައިޒަރު އަދި ކުރީގެ ހޯމް މިނިސްޓަރު އަޒްލީން އަހްމަދު އައްޔަން ކުރައްވައިފިއެވެ.

ޖޫމްހޫރީ ޕާޓީގެ އިސް ތަރުޖަމާނު އަލީ ޞާލިހު ވިދާޅުވީ އެ މަޤާމަށް އަޒްލީން އައްޔަން ކުރެއްވީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ކަމަށެވެ. ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އަޒްލީން އައްޔަން ކުރެއްވީ އެ މަޤާމުގައި ކުރިން ހުންނެވި އަލީ އާރިފް މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.

އިޝްތިހާރު Below Header ad

ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް (އެސްޖީ)ގެ މަގާމަށް ކެލާ ދާއިރާގެ ކުރީގެ މެމްބަރު އަދި އިދިކޮޅު ޕީޕީއެމްގެ ކުރީގެ ސްޕޯކްސްޕާސަން އަލީ އާރިފް ހަމަޖެއްސެވީ 2019 ވަނަ އަހަރުގެ އޮކްޓޯބަރ 24 ވަނަ ދުވަހުއެވެ.

އަލީ އާރިފް އެސްޖީގެ މަގާމުން އިސްތިއުފާދެއްވިނަމަވެސް ޖޭޕީން ވަކިވެވަޑައިގެންނެވިކަން އަދި ސާފެއް ނޫނެވެ.

މި މަހުގެ 30 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރަން ޖޭޕީން ހޮނިހިރު ދުވަހު ނިންމިއިރު އަލީ އާރިފަކީ އެންމެ ގިނަ ބައެއްގެ ތާއީދާ އެކު ދެވަނަ ބުރަށް ދަތުރުކުރެއްވި ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އާ އާއިލީ ގޮތުން ގާތް ބޭފުޅެކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.