ޑރ. މުޢިއްޒުއަށް ކުރަމުންދާ ދޮގު ތުހުމަތު ތަކަށް ޑރ. ޝަހީމުގެ ރައްދެއް
ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ އަބުރު ކަތިލުމަށް ދޮގު ވާހަކަތައް ފަތުރަމުން ކަމަށް ވިދާޅުވެ، ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު އެކަމަށް ރައްދު ދެއްވައިފި އެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް އދ. މަންދޫގައި ބޭއްވި ޖަލްސާގައި ޝަހީމް ވިދާޅުވީ ސޯޝަލް މީޑިއާއާ އެހެން ވަސީލަތްތައް ބޭނުންކޮށްގެން މުއިއްޒުއާ ދެކޮޅަށް ގިނަ އެންޓި-ކެމްޕެއިން ހަރަކާތްތައް ހިންގަމުން ދާ ކަމަށާއި އެ ކަންކަމާ މެދު ސަމާލުވެ ތިބުމަށް އޭނާ ގޮވާލެއްވި އެވެ.
“މީގެ މޮޅު ކަމަކީ ދޮގެއް ހަދަން ވެސް އެ މީހުންނަކަށް ނޭނގޭ. ރަނގަޅަށް ދޮގު ހަދާކަށް ވެސް ނޭނގޭ،”
ޝަހީމް ވިދާޅުވި އެވެ.
ބޭކާރު ވާހަކަތައް ދައްކައި ޝަހުސު ކަތިލުމަށް މި ބާވަތުގެ ކަންކަން ކުރަމުން ދަނީ.
-ޝަހީމް-
މުއިއްޒުގެ ވެރިކަމެއްގައި ތަރައްގީގެ މަޝްރޫއުތައް ހުއްޓުވާނެ ކަމަށް ބުނުމާއި ވަޒީފާއިން މީހުން ވަކިކުރާނެ ކަމުގެ ބިރު ވެސް އާންމުންނަށް ދައްކަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވި ގޮތުގައި އެއީ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ތަރައްގީގެ ތަސައްވުރަކާ އެކު ވަޑައިގަންނަވާ ބޭފުޅަކު ކުރައްވާނެ ކަމެއް ނޫނެވެ. އަދި މުއިއްޒަކީ އެކަހަލަ ބޭފުޅުން ނޫން ކަމުގެ ޔަގީން ކަން އޭނާ ދެއްވި އެވެ.
މުއިއްޒުގެ ފަހަތުގައި އޮތީ ކަންކަން ކޮށްދެވޭނެ ފެންވަރުގެ ވަރަށް ގާބިލް އަދި ތައުލީމީ އަދި ތަޖުރިބާކާރު ޓީމެއް ކަމަށާއި ސަރުކާރުގެ ފަޅިން އެކަހަލަ ޓީމެއް ފެންނަން ނެތް ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވީ، މުއިއްޒު ހައުސިން މިނިސްޓަރަކަށް ހުންނެވި އިރު ކުރެއްވި މަސައްކަތްތައް އެންމެންނަށް ފެންނާނެ ކަމަށާއި ތަރައްގީގެ ދުވެލީގައި މުއިއްޒަކީ ނަތީޖާ ނެރެދެވޭނެ ބޭފުޅެއް ކަން އެ ދުވަސްވަރު ކުރެއްވި މަސައްކަތްތަކުން ޔަގީންވާ ކަމަށެވެ.
އެހެންވެ، މި ވަގުތު ރާއްޖޭގެ ވެރިކަމަށް އެންމެ ގާބިލު ބޭފުޅަކީ މުއިއްޒު ކަމަށް އޭނާ ވިދާޅުވި އެވެ.
ޝަހީމްއަށް ހަމަރަނގަޅަށް އެނގިލައްވާނެ މުއިޒުއަކީ ކަރަޕްޓް ބޭފުޅެއްކަން ބައިދެރަވެދާނެތީ އެވާހަކަ ނުދައްކަވަނީ، ތިބޭފުޅުން ކޮފީމޭޒުދޮށުގައި އެވާހަކަކައް ދައްކަވަމުން ގެންދަވަނީ. ބޮޑުމަގާމާއި ޖާހު ބޭނުންވާތީ ހަގީގަތް ހާމަ ނުކުރައްވަނީ.