ބޮޑު ފަރަޤާއި އެކު މުޢިއްޒު ސައިޒު ދައްކާލަނީ
ރިޔާސީ އިންތިޚާބު 2023ގެ ގުނަމުންދާ ވޯޓުން ބޮޑު ފަރަޤަކާއި އެކު މިހާރު ކުރީގައި އުޅުއްވަނީ ޑރ.މުޢިއްޒުއެވެ. ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށްވުރެ 12000 އަށްވުރެ ގިނަ ވޯޓު މުޢިއްޒު ވަނީ މިހާރުވެސް ހޯއްދަވާފައެވެ. މިއީ ގުނާފައިވާ ވޯޓުގެ 45.97 % އެވެ. އިބްރާހީމް މުޙައްމަދު ޞާލިޙަށް އަދި ލިބިލައްވާފައިވަނީ 39.57 % އެވެ.
ރައީސުލް ޖުމްހޫރިއްޔާ އާއި ވާދަކޮށް މުޢިއްޒު ގެންދަވަނީ އަސްލު ސައިޒު ދައްކަވަމުންނެވެ.