ޕީއެސްއެމްގެ ރިޔާސީ ބަހުސް ކެންސަލްކޮށްފި
ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އާއި މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގުޅިގެން ބާއްވަން ނިންމި ރިޔާސީ ބަހުސް ކެންސަލް ކޮށްފިއެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރާ ހުރިހާ ކެންޑިޑޭޓުންނަށް ދައުވަތު ދީގެން ބާއްވަން ނިންމާފައިވާ މި ބަހުސް ކުރިޔަށް ގެންދިއުމަށް ނިންމާފައި އޮތީ އަންނަ މަހުގެ އެއްވަނަ ދުވަހުއެވެ.
އެހެންނަމަވެސް ރިޔާސީ އިންތިހާބާއި ގުޅިގެން ކެންޑިޑޭޓުން ބައިވެރިވެވަޑައިގަންނަވާ ތަފާތު ކެމްޕެއިން ހަރަކާތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުން ދާތީ އަންނަ މަހުގެ އެއްވަނަ ދުވަހު ބޭއްވުމަށް ރާވާފައިވާ ޕީއެސްއެމްގެ ރިޔާސީ ބަހުސްގައި ބައެއް ކެންޑިޑޭޓުންނަށް ބައިވެރިނުވެވޭ ކަމަށް މިއަދު މިއަދު ޕީއެސްއެމް އިން ނެރުނު ބަޔާނެއްގައިވެއެވެ.
ޕީއެސްއެމް އިން ބުނީ އެ ކުންފުނިން ބާއްވަން ނިންމާފައިވާ ބަހުސް ފަހުގެ ތާރީހަކަށް ފަސް ކުރުމަކީ ކެންޑިޑޭޓުންނަށް ކެމްޕެއިން ކުރުމަށް ދަތިތަކެއް ކުރިމަތިވާނެ ކަމެއް ކަމަށެވެ. އެހެންކަމުން ޕީއެސްއެމްގެ ބަހުސް ފަހުގެ ތާރީހަކަށް ބަދަލު ކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ނުފެންނަ ކަމަށް އެކުންފުނިން ބުންޏެވެ.