މާރިޔާ…ކިހިނެއް ވެގެންތޯ ތިޔަ އުޅުއްވަނީ؟: ޝެއިޚް ޝަފީޢު

ރާއްޖޭގެ ގިނަބައެއްގެ އިޙްތިރާމު ލިބިފައިވާ މަޝްހޫރު ދީނީ ޢިލްމުވެރިޔާ އައްޝެއިޚް ޝަފީޢު ޢަބްދުﷲ ގެ ވަރުގަދަ ސުވާލުތަކެއް މާރިޔާއަށް ރައްދުކުރައްވައިފިއެވެ. ޝެއިޚްގެ ސުވާލުތައް މާރިޔާއަށް އަމާޒުކުރެއްވީ ޑރ. މުޢިއްޒު އާއި ސަލަފާއި ގުޅުން އޮންނަ ކަމަށް ބުނެ މާރިޔާ ދައްކަވާ ވާހަކަތަކުގެ ސަބަބުންނެވެ.

މުޢިއްޒުއާއި ސަލަފާއި ކިތައްމެ ގުޅުމެއް އޮތަސް މައްސަލައަކީ ކޮބައިތޯއާއި، ތިޔަ އުޅުއްވަނީ ކީއްވެގެންތޯ ސުވާލު ކުރައްވައި މާރިޔާއަށް ޝެއިޚް ވަނީ ހޫނު ރައްދެއް ދެއްވާފައެވެ.

އިޝްތިހާރު Below Header ad

މާރިޔާއަށް ހޫނު ރައްދެއް ދެއްވައި އެތައް ސުވާލުތަކެއް ކުރިމަތި ކުރައްވާ ޝެއިޚް ކުރެއްވި ޕޯސްޓުގައި ވަނީ

ވިސްނާވިސްނާ އަހަރެންނަށް ނުވިސްނުނު ނުކުތާއަކީ ޑރ. މުޢިއްޒާ ޖަމިއްޔަތުއްސަލަފާ ގުޅުމެއް އޮތީޔޯ؟ ނުވަތަ އޮންނަނީޔޯ؟ ނުވަތަ މުޢިއްޒުގެ އަނބިކަނބަލުންނަކީ ސަލަފު ރައީސް ޝެއިޚް ޢަބްދުﷲގެ އުޚްތަކަށްވާތީޔޯ؟ ކޮބައިތޯ އެ ކަމުގައި މައްސަލައަކީ؟ ގުޅުމެއް އޮތަސް؟ އަދި ނެތަސް؟ ސަލަފަކީ ޓެރަރިސްޓު ޖަމާޢަތެއްތޯ؟ އެހެންވިއްޔާ، ރާއްޖޭގެ ތިބި ހައްދުފަހަނައަޅާފައި ތިބި މީހުންނާއި ޖަމާޢަތްތަކުގެ ލިސްޓު ނެރުއްވި އިރު ސަލަފުގެ ނަން ނުހިމެނުއްވީ ކީއްވެތޯ؟ ޑިފެންސު މިނިސްޓަރު ކަމުގައި މާރިޔާ ހުންނަވާތާ 5 އަހަރު ހަމަވަނީ ނޫންތޯ؟ ސަލަފަކީ ތިހާ ނުރައްކާތެރި މަދަނީ ޖަމްޢިއްޔާއަކަށް ވަންޏާ، ކީއްވެތޯ ފިޔަވަޅު ނޭޅުއްވީ؟ އަދި ނާޅުއްވާ ތިޔަ ހުންނަވަނީ؟ ކިހިނެއް ވެގެންތޯ ތިޔަ އުޅުއްވަނީ؟ ކޮބައިތޯ މައްސަލައަކީ؟

ސަލަފު ޖަމްޢިއްޔާގައި ތިބީ ރާއްޖޭގެ މުޙްތަރަމު ޝެއިޚުންނެވެ. ތިޔަ ޖޯކުޖައްސަވާ ވިދާޅުވި “ޢަބްދުއްލަޠީފް” (މާރިޔާއަށް ނަން ވެސް ވިދާޅުވާން ނޭނގުނު ޝެއިޚް މުޙައްމަދު ލަޠީފް) އަކީ ރާއްޖޭގެ ކުދިބޮޑު އެންމެހާ ރައްޔިތުން އިޙްތިރާމުކުރާ ޝެއިޚެކެވެ. އިސްލާމީ މަރުކަޒުގެ ކުރީ އިމާމެވެ. މިހާރު ވެސް ތަޢުލީމީ އަދި ދީނީ އެކިއެކި ރޮނގުރޮނގުން ރަނގަޅު މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އަދި ރާއްޖޭގައި މިހާރު ހުންނެވި އެންމެ ސީނިއަރ އެއް ޝެއިޚެވެ. އަދި ޝެއިޚުންގެ މެދުގައި ވެސް އެންމެ ބޮޑަށް އިޙްތިރާމު ލިބިވަޑައިގެން ހުންނެވި އެއް ބޭފުޅާއެވެ. ޑރ. މުޢިއްޒުގެ އަނބިކަނބަލުން ޝެއިޚް މުޙައްމަދު ލަޠީފަށް ބޮޑުބޭބޭއޭ ވިދާޅުވާން ޖެހުން އެއީ ހަމަ އެހާ ނިރުބަވެރިކަމެއްތޯ؟

ސަލަފަކީ ވެސް ރާއްޖޭގައި ދީނީ ހޭލުންތެރިކަން ފެތުރުމަށް ޓަކައި ރެއާއި ދުވާލު މަސައްކަތްކުރައްވާ، މުޅި ރާއްޖޭ ޤަބޫލުކުރާ މުޙްތަރަމު އަބުރުވެރި އަޚްލާޤު ރަނގަޅު ޝެއިޚުންތަކެއް ތިއްބެވި މަދަނީ ޖަމްޢިއްޔާއެކެވެ. ޝެއިޚް އަޙްމަދު ސަމީރާއި، ޑރ. ޢަލީ ޒާހިރާއި، ޝެއިޚް ޢަބްދުﷲ ބުނު މުޙައްމަދާއި، ޝެއިޚް ޙަސަން މޫސާ ފިކްރީއަކީ މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުންނާއި ރާއްޖޭގެ ދީނީ ޢިލްމުވެރީންގެ ވެސް ލޯތްބާއި އިޙްތިރާމު ލިބިވަޑައިގެން ތިއްބެވި މުޙްތަރަމު މުރޫވަތްތެރި ޝެއިޚުންނެވެ.

އެހެންވީމާ، ރައީސް އިބްރާހީމް ތަމްސީލުކުރައްވާން ޑިފެންސު މިނިސްޓަރު މަރިޔާ ނޫސްކޮންފަރެންސަށް އަރައިވަޑައިގެން ކޮންމެ ދުވަހަކު ހެން ސަލަފު ޖަމްޢިއްޔާއާއި އަދި ރާއްޖޭގެ އެކިއެކި ޝެއިޚުންނާ މެދު ތިޔަ ނަފްރަތެއް ތިޔަ އުފައްދަވަނީ ކީއްވެތޯ ވިސްނާވިސްނާ ނޭނގުނެއެވެ. ސަލަފާ ޑރ. މުޢިއްޒާ ގުޅުމެއް އޮތިއްޔާ އެއީ މި ޤައުމަށް މާ ނުރައްކާތެރިކަމަކަށް ވީ ގޮތެއް ހަމަ ވިސްނާވިސްނާ ނޭނގުނެވެ. ރައީސް އިބްރާހީމް އަދި ޚުދު ކަމަނާ ޖަމްޢިއްޔަތުއްސަލަފާ މެދު ތިހާ ބޮޑަށް ނަފްރަތުކުރައްވައި، ތިހާ ބޮޑަށް ޖަމްޢިއްޔަތުއްސަލަފާ މެދު ނަފްރަތު އުފައްދަވައި ފިތުނަ އުފައްދަވަން ޖެހޭ ސަބަބަކީ ކޮބައިތޯއެވެ؟

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.