ޝެއިޚް އުޘްމާން ޢަބްދުﷲ އަވަހާރަވެއްޖެ
މަޝްހޫރު ދީނީ ޢިލްމްވެރިޔާ ޝެއިޚް އުސްމާން އަބްދުﷲ އަވަހާރަވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޝެއިޚް އުސްމާން އަބްދުﷲ އަވަހާރަވީ ރޭ ފަތިހުއެވެ.
އިސްލާމްދީން އުނގަންނައިދެއްވުމާއި ދީނީ ރޮނގުން ހޭލުންތެރިކަން އިތުރުކުރެއްވުމުގެ ރޮނގުން ޝެއިޚް އުސްމާން ޢަބްދުﷲ، ވަނީ ގިނަ ގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައެވެ. ޝެއިޚް އުސްމާން އަބްދުﷲއަށް 2012 ވަނަ އަހަރުވަނީ އިސްލާމްދީނުގެ ހޭލުންތެރިކަން އިތުރުކުރުމާއި، ޚިދްމަތް ކުރުމާއި، ދީނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގެންފައެވެ.
އެމަނިކުފާނުވަނީ ވަރަށް ގިނަ ރަށް ރަށަށް ވަޑައިގެން ދީނީގޮތުން މީހުން ހޭލުންތެރި ކުރުވުމުގެ ތަފާތު ޕްރޮގްރާމްތައް ހިންގަވާފައެވެ. އަދި ޓީވީތަކާ ރޭޑިއޯތަކުންވެސް އެމަނިކުފާނުވަނީ ގިނަ އަދަދެއްގެ ދީނީ ޕްރޮގްރާމްތައް ގެނެސްދެއްވާފައެވެ.