އުސޫލާ ހިލާފަށް އުމްރާއަށް ގެންދާ ނަމަ ފިޔަވަޅު އަޅާނަން: އިސްލާމިކް މިިނިސްޓްރީ

އުސޫލްތަކާ ހިލާފަށް ހުއްދަ ނުނަގާ އުމްރާއަށް މީހުން ގެންދާ ފަރާތްތަކާއިމެދު ހަމަޖެހިފައިވާ އުސޫލުން ފިޔަވަޅު އަޅާނޭކަމުގެ އިންޒާރު އިސްލާމިކް މިނިސްޓްރީން ދީފިއެވެ.

އިސްލާމިން މިނިސްޓްރީން މިއަދު އާއްމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ބައެއް ކުންފުނިތަކުން ވިޔަފާރީގެ އުސޫލުން ހުއްދަ ނުހޯދައި މީހުން އުމްރާއަށް ގެންދާކަމަށެވެ.

އިޝްތިހާރު Below Header ad

އިސްލާމިކް މިނިސްޓްރީގެ ހުއްދަ ލިބިގެން ނޫންގޮތަކަށް ވިޔަފާރީގެ އުސޫލުން އެއްވެސް ކުންފުންޏަކަށް މީހުން އުމްރާއަށް ގެންދިއުމަކީ މަނާކަމެކެވެ. އިސްލާމިކް މިނިސްޓްރީން ބުނީ އުސޫލުގެ ދަށުން ވިޔަފާރި ކުންފުނިތަކަށް އުމްރާއަށް މީހުން ގެންދިއުމަށް ލިބޭނީ ދެ އަހަރުގެ މުއްދަތެއް ކަމަށާއި، ހުއްދައިގެ މުއްދަތުގެ ތެރެއަށް ނުވަންނަ އުމްރާ ދަތުރުތަކަށް މީހުން އަތުން އެޑްވާންސްކޮށް ފައިސާ ނެގުމަކީ ކަނޑައެޅިފައިވާ އުސޫލްތަކާއި ހިލާފް ކަމެއްކަމަށެވެ.

އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ނެތް ކުންފުންޏަކަށް އެއްވެސް ފަރާތަކުން އުމުރާގެ އަޅުކަމަށް ފައިސާ ނުދެއްކުމަށް އިސްލާމިކް މިނިސްޓްރީން ވަނީ އާއްމުނަށް އިލްތިމާސްކޮށްފައެވެ. އިސްލާމިކް މިނިސްޓްރީގެ އުސޫލްތަކާއި ހިލާފަށް އެއްވެސް ފަރާތަކުން އަމަލުކޮށްފިނަމަ އެކަމުގެ ޒިންމާ ނަގަންޖެހޭނީ އެ ބަޔަކު ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ އޮތް ކުންފުނިތަކުގެ ލިސްޓް އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުން ފެންނަން ހުންނާނޭކަ މަށްވެސް އެ މިނިސްޓްރީން ބުނެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.