ޔޫތު އެންޑް ސްޕޯޓްސް ދެ މިނިސްޓްރީއަކަށް ބަދަލުކުރާނަން – ރައީސް

ދެވަނަ ދައުރެއް ލިބިއްޖެ ނަމަ، މިހާރުގެ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީ ވަކި ދެމިނިސްޓްރީއެއްގެ ގޮތުގައި ހިންގާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ނ. އަތޮޅު ލަންދުއަށް މިއަދު ވަޑައިގެން އެމްޑީޕީގެ މެނިފެސްޓޯގައި ހިމެނޭ “އާ ޒުވާނުންގެ ޖީލު”ގެ ސިޔާސަތުގައި ހުރި ބައެއް ކަންކަމާއި ރިޔާސީ ދެވަނަ ދައުރުގައި ޒުވާނުންނަށް ކޮށްދެއްވުމަށް ނިންމާފައިވާ ކަންކަމުގެ ތަފްސީލް ހާމަކޮށްްދެއްވަމުންނެވެ.

އިޝްތިހާރު Below Header ad

ރައީސް ސޯލިހު ވިދާޅުވީ، ސަރުކާރުގެ ސިޔާސަތުތައް މީގެ ކުރިން ކަނޑައަޅާފައިވައިރު، ޒުވާނުންނަށާއި ކުޅިވަރަށް ދީފައިވާ ސަމާލުކަން އެހާ ހަރުދަނާ ނޫން ކަމަށެވެ. އަދި އެކަމަކީ ޒުވާނުންގެ ކަންބޮޑުވުމެއް ކަމަށްވެސް ރައީސް ފާހަގަކުރެއްވި އެވެ.

ރައީސް ވިދާޅުވީ، އެމަނިކުފާނަށް ދެވަނަ ދައުރެއް ލިބިއްޖެ ނަމަ، ދެ މިނިސްޓްރީއެއްގެ ދަށުން ސިޔާސަތުތައް ތަންފީޒުކޮށް، ޒުވާނުންނަށް ފުރުސަތުތައް ފަހިކޮށްދީ ޔޫތު ކޯ އެއް ގާއިމްކޮށް، ޒުވާން ލީޑަރުން އުފެއްދުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.