ރައީސް ވަހީދާއި ޝައިނީ ޖޭޕީއަށް ސޮއި ކުރައްވައިފި

ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދާއި ކުރީގެ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ޖުމްހޫރީ ޕާޓީ (ޖޭޕީ)އަށް ސޮއި ކުރައްވައިފި އެވެ.

ރައީސް ވަހީދާއި ޝައިނީ ޖޭޕީއަށް ސޮއި ކުރެއްވީ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމްގެ ރަށް އދ. މާމިގިލީގައި މިރޭ ބޭއްވި ޖޭޕީގެ ޖަލްސާއެއްގަ އެވެ.

އިޝްތިހާރު Below Header ad

ރައީސް ވަހީދާއި ޑރ. ޝައިނީގެ މެންބަޝިޕް ފޯމާ ހަވާލުވެވަޑައިގަތީ ވެސް ގާސިމް އެވެ.

ރައީސް ވަހީދު ޖޭޕީއަށް ސޮއިކުރައްވާފައި މިވަނީ މިމަހުގެ 10 ވަނަ ދުވަހު ޕީޕީއެމް އިން ވަކިވެވަޑައިގަތުމަށްފަހު އެވެ.

ޕީޕީއެމް އިން ވަކިވެވަޑައިގެންނެވި މައިގަނޑު ސަބަބެއްގެ ގޮތުގައި ރައީސް ވަހީދު ވިދާޅުވީ އެމަނިކުފާނަށް ލިބިފައިވާ އިލްމާއި ތަޖުރިބާގެ ބޭނުން ހިފައިގެން ރައްޔިތުންނަށް ކަމެއް ކޮށްދިނުން ކަމަށެވެ. އެކަންކަން ކޮށްދިނުމަށް ބޭނުންވާ އަމާން، އިހުލާސްތެރި އަދި ތެދުވެރި މާހައުލު ޕީޕީއެމްގެ ތެރޭގައި އޮތް ކަމަކަށް ވަހީދު ގަބޫލެއް ނުކުރައްވަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.