“ޙައްދު ފަހަނައަޅާފައިވާ މިއަނިޔާވެރި ސަރުކާރުގެ ވެރިކަން ކުދިކުދި ކުރައްވާނދޭވެ!”: ޝެއިޚް ނިޝާން

‘ޙައްދުފަހަނަ އަޅާފައިވާ މިއަނިޔާވެރި ސަރުކާރު’ގެ ވެރިކަން ކުދިކުދި ކުރެއްވުން އެދި އައްޝެއިޚް އާދަމް ނިޝާން ފާޅުގައި ބަދުދުޢާ ޢާއްމު ކުރައްވައިފިއެވެ. ޝެއިޚް މިފަދައިން ބަދުދުޢާ ކުރައްވާ ޢާއްމުކުރައްވާފައިވަނީ އެބޭފުޅާގެ ފޭސްބުކް ޕޭޖުގައި ކޮށްފައިވާ ޕޯސްޓެއްގައެވެ.

ޝެއިޚްގެ ދުޢާގައި މާތް ﷲގެ ޙަޟުރަތުން ދަންނަވާފައިވަނީ، މިދީބުގައި، ބުދު ދީނާއި ހިންދީ ދީނުގެ ޝިރުކުގެ ޢަމަލުތައް ފަތުރައި، އިންޑިއާގެ އަޅުވެތިކަމުގެ ދަށަށް ގެންދަން މަސައްކަތް ކުރަމުންދާ، އިސްލާމްދީނުގެ ޙުރުމަތަށް އަރައިގަނެ އުރެދިފައިވާ މިއަނިޔާވެރި ސަރުކާރު ނިކަމެތި ކުރައްވައި ބަލިކުރައްވައި، އެމީހުންގެ ވެރިކަން ކުދިކުދި ކުރެއްވުން އެދިއެވެ. އަދި ހަމަ މިމާނަ މިއަށްވުރެ ވަރުގަދައަށް ޢަރަބިބަހުން ޢިބާރާތް ކުރައްވާފައިވެއެވެ. ޝެއިޚް ލިޔުއްވާފައިވާ ޢަރަބި ޢިބާރާތުގައިވަނީ “اللهم مزق ملك هذه الحكومة الطاغية، اللهم مزقهم كل ممزق.” މިފަދައިންނެވެ. މިޢިބާރާތުގައިވާ “الطاغية” ގެ އަސްލަށް ބަލާ ނަމަ ވަރަށް ގިނަ މާނަތަކެއް މިކަލިމައިގެ ތެރެއަށް ވެއްދިދާނެ ކަމުގައި ޢަރަބި ބަސް ދެނެލައްވާ ބޭފުޅުން ދެކިލައްވައެވެ. އެގޮތުން އެބަހުގެ އަސްލަކީ ޙައްދު ފަހަނަ އެޅުމުގެ މާނައެވެ. އެއީ “الطغيانُ” (އައްޠުޣްޔާން)، މި އަޞްލަށް ބަލައިފި ކަމުގައި ވާނަމަ އެއީ ހައްދު ފަހަނައަޅައިދިއުމާއި އަނިޔާވެރިކަމެވެ. އަދި މިއަސްލުން “ޠާޣޫތު” ވެސް ނެގިގެން ދެއެވެ. އެހެންކަމުން އެލަފްޒުން މާނަ ކުރާނަމަ ޠާޣޫތީ ވެރިކަމެއްްގެ ގޮތުގައި، މިވެރިކަން ސިފަ ކުރައްވައިފައި ވަނީ ކަމުގައިވެސް ބެލެވިދާނެއެވެ. ކޮންމެއަކަސް ޝެއިޚް މާނަކުރެއްވި ގޮތެއް ބޮޑަށް އެނގިލައްވާނީ ޝެއިޚަށެވެ.

އިޝްތިހާރު Heyobas Ruqya Course Ad square

ޝެއިޚް މިފަދައިން ސަރުކާރު ސިފަކުރައްވާފައި ވުމުގެ އެންމެ ބޮޑު އެއް ސަބަބަކީ، ޔޯގާގެ ޝިރުކު ހުއްޓުވައި އެކަން މަނާކޮށް، އެކަމާ ދެކޮޅަށް އަޑުއުފުލަން ނުކުތް މީހުންގެ ތެރެއިން ބަޔަކު ހައްޔަރުކޮށް ޝަރީޢަތް ކޮށްފައިވުންކަމުގައި ބެލެވެއެވެ. އެއެއްވުމުގެ ތެރެއިން ހައްޔަރު ކުރި މީހުންގެ ތެރޭގައި ޝެއިޚް ނިޝާނާއި ޝެއިޚް ފަޟްލޫންވެސް ހިމެނިވަޑައިގަންނަވައެވެ. މިނޫނަސް މޫނުބުރުގާގެ މައްސަލަ ފަދަ ދީނީ އެތައް މައްސަލައެއްގައި މިސަރުކާރާއި ދެކޮޅަށް ޝެއިޚް ނިޝާންއާއި އެހެންވެސް ބައެއް ޝެއިޚުން ދަނީ އަޑުއުފުލަމުންނެވެ.

ޔާ ﷲ! މިދީބުގައި، ބުދު ދީނާއި ހިންދީ ދީނުގެ ޝިރުކުގެ ޢަމަލުތައް ފަތުރައި، އިންޑިއާގެ އަޅުވެތިކަމުގެ ދަށަށް ގެންދަން މަސައްކަތް ކުރަމުންދާ، އިސްލާމްދީނުގެ ޙުރުމަތަށް އަރައިގަނެ އުރެދިފައިވާ މިއަނިޔާވެރި ސަރުކާރު ނިކަމެތި ކުރައްވައި ބަލިކުރައްވައި، އެމީހުންގެ ވެރިކަން ކުދިކުދި ކުރައްވާންދޭވެ.

اللهم مزق ملك هذه الحكومة الطاغية، اللهم مزقهم كل ممزق.

ޝެއިޚްގެ ޕޯސްޓު:

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.